މާލޭ ސިޓީގެ ފަޅު ގެއެއްގެ ތެރޭގައި މަރުވެ ކުނިވެފައި އޮއްވާ މީހަކު ފެނިއްޖެ އެވެ.
އެމީހާ ފެނިފައިވަނީ މާލޭ ސިޓީގެ މައްޗަންގޯޅީގެ ގެއެއްގެ ތެރެއިންނެވެ. ފުލުހުން ދަނީ އެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ވިދާޅުވީ، މާލޭ މައްޗަންގޯޅި ފަޅުގެއަކުން ކުނިވަސް ދުވާކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބުމުން މިއަދު 15:42 ހާއިރު އެ ގެއަށް ގޮސް ބަލާފައިވާ ކަމަށެވެ. އަދި ބެލިއިރު މަރުވެފައި އޮތް ފިރިހެނެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މަރުވެފައި އޮއްވައި ފެނިފައި ވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލަ ފުލުހުން ތަހުގީގު ކުރަށްވަމުން ގެންދަވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!