ފުނަދޫ ރައްޔިތުންގެ ބޮޑު ތަރުހީބާއެކު ފަރުކޮޅު ސަރަޙައްދު ސާފުކޮށްފި
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން އިސްނަގައިގެން ށ. ފަރުކޮޅު (ނުވަތަ ފަރޮޅު)ގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދު ސާފުކުރުމަށްޓަކައި ކާމިޔާބު ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ށ. ފުނަދޫގެ ގިނަ އަދަދެއްގެ ބައިވެރިންނާއެކު ކުރިއަށްދިޔަ މި ހަރަކާތަކީ އެ ސަރަޙައްދުގެ ތިމާވެށި ރައްކާތެރިކުރުމަށް ހިންގުނު މުޙިންމު މަސައްކަތެކެވެ. މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ޤުދުރަތީ...