ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 20 ނާސަރީ ބިނާކުރުމަށްޓަކައި ދެވަނަ ބުރުގެ 10 ރަށުގެ ކައުންސިލާއެކު މިއަދު ސޮއިކޮށްފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ އަދި ހަކަތައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ނާސަރީތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން މިއަދު ސޮއިކުރެވުނު ދެވަނަ ބުރުގެ ނާސަރީތައް ބިނާކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:

ހދ. ނޮޅިވަރަމް، އދ. ދިއްދޫ، ފ. ދަރަނބޫދޫ، ދ. މީދޫ، ލ. ހިތަދޫ، ލ. ފޮނަދޫ، ފުވައްމުލައް ސިޓީ، ސ. މީދޫ، ގދ. ވާދޫ އަދި ކ. ހިންމަފުށި އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން 5 ޖޫން 2024 ގައި ފެށި މި ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމާއި، ތިމާވެށި ރައްކާތެރިކޮށް ފެހިކަން އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ މި ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ މުޅި ރާއްޖެއަށެވެ.