ހދ. ނައިވާދޫގައި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް މީހުން ތަމްރީންކޯށް ގާބިލުކަން އިތުރުކުރުމުގެ ހާއްސަ ހަރަކާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
މިހަރަކާތަކީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ)، މޯލްޑިވްސް ރެޒިލިއަންޓް ރީފްސް އަދި ނައިވާދޫ ޑައިވް އެންޑް ވޯޓާ ސްޕޯޓްސް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން މައުލޫމާތުދިން ގޮތުގައި، މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ''ޕަޑީ'' ގެ ފަންނީ އެހީތެރިކަމާއެކުގައެވެ.
މި ތަމްރީނުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކަނޑުގެ މާހައުލާއި ދިރުންތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ބޭނުންވާ ފަންނީ އަދި އަމަލީ ހުނަރުތައް ބައިވެރިންނަށް ފޯރުކޮށްދިނުމެވެ.
މި ތަމްރީނު ޕްރޮގްރާމުގެ ސަބަބުން ބައިވެރިންނަށް ރާއްޖޭގެ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ބޭނުންވާ އަގުހުރި މައުލޫމާތާއި އަމަލީ މުހިންމު ހުނަރުތަކެއް ވަނީ ދަސްވެ، ލިބިގެން ގޮސްފައިވާކަމަށް އެ ވުޒާރާއިން ބުންޏެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވަނީ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ ދާއިރާއިން ދިވެހިންގެ ގާބިލުކަން އިތުރުކުރުމަށް ޕަޑީން ވިދިވިދިގެން އެވުޒާރާއަށް ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!