Skip to main content
Topic Archive

#މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ

46 Stories filed
ދެ ވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް އެދި 40،594 ފޯމު
Raajje

ދެ ވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް އެދި 40،594 ފޯމު

ސަރުކާރުން ހުޅުވައިލާފައިވާ ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެވަނަ ބުރުގެ މުއްދަތު ހަމަވި އިރު، ފްލެޓަށް 21،000 އަށްވުރެ ގިނަ ފޯމު އަދި ގޯއްޗަށް އެދި 19،000 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފިއެވެ. މި މުއްދަތު ހަމަވެފައިވަނީ މިއަދު މެންދުރު ފަހު 3 ޖެހިއިރުއެވެ. އެ ސްކީމްތަކުގެ ދެވަނަ ބުރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލާން ހުށަހެޅީ 21،247 ފޯމު ހުށަހަޅާފައިވާއިރު، ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތިލާން 19،347 ފޯމު ވަނީ ހުށަހަޅާފައެވެ. ގެދޮރުވެރިޔާ […]

ފުލެޓު ލިބޭ 4000 މީހުންނާއެކު ނޮވެމްބަރު 17 ކުރިން ސޮއި ކުރަނީ
Raajje

ފުލެޓު ލިބޭ 4000 މީހުންނާއެކު ނޮވެމްބަރު 17 ކުރިން ސޮއި ކުރަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ފުލެޓުތަކުގެ ތެރެއިން 4000 ފުރަތަމަ 4000 ފުލެޓު ލިބޭ މީހުންނާއެކު ނޮވެމްބަރު 17 ކުރިން ސޮއި ކުރަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅަމުންދާ 4،000 ފްލެޓް ހިމެނޭ 32 ޓަވަރުގެ ތެރެއިން ހަ ޓަވަރުގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް މިހާރުނިމިފައިވާއިރު، ހަތަރު ޓަވަރުގެ ފިނިޝިން މަސައްކަތުގެ 60 އިންސައްތަ ނިިމިފައިވާ ކަމަށެވެ....

އިގްތިސާދީ ބޭނުން ނޫން އެހެން ބޭނުންތަކަށް 21 އަހަރަށް ފަޅުރަށް ކުއްޔަން ދޫކުރާ ގަވާއިދު އެކުލަވާލައިފި
Raajje

އިގްތިސާދީ ބޭނުން ނޫން އެހެން ބޭނުންތަކަށް 21 އަހަރަށް ފަޅުރަށް ކުއްޔަން ދޫކުރާ ގަވާއިދު އެކުލަވާލައިފި

މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިޞާދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްތައް 21 އަހަރަށް ކުއްޔަށް ދޫކުރެވޭނެ ގޮތަށް “މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު” މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްރަކްޗާ އިން އެކުލަވާލައިފިއެވެ. މި ގައިވާއިދު ވަނީ އިގްތިސާދީ ނުވަތަ އިންޑަސްޓްރިއަލް ނޫން ބޭނުންތަކަށް ދޫކުރާ ފަޅު ރަށްތައް ދޫކުރެވެނީ ގިނަވެގެން 21 އަހަރަށް ކަމަށް ބުނެފައިވީނަމަވެސް...

ބިލެތްފަހި ހިމެނޭހެން އިތުރު ދެ ރަށެއްގައި އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފި
Business

ބިލެތްފަހި ހިމެނޭހެން އިތުރު ދެ ރަށެއްގައި އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފި

ށ. ބިލެތްފަހި ހިމެނޭހެން އިތުރު ދެ ރަށެއްގައި އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީން، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓާއި ހަވާލުކޮށްފައިވަނީ ބ. ތުޅާދޫ، ތ. ވިލުފުށި އަދި ށ. ބިލެތްފަހީގައި އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތެކެވެ. މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަ...

ނޫމަރާ އާއި އޭދަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް
Business

ނޫމަރާ އާއި އޭދަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

ށ. ނޫމަރާ އާއި ބ. އޭދަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ޒީނިޔާ ހަމީދެވެ. އަދު އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ނޫމަރާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 5076 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި،...

އަލިފުށީ މަގުތަކުގައި ތާރު އަޅަން އާރުޑީސީ އަށް
Business

އަލިފުށީ މަގުތަކުގައި ތާރު އަޅަން އާރުޑީސީ އަށް

ރ. އަލިފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ. ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އާރުޑީސީއާއި މި މަސައްކަތް ހަވާލުކޮށްފައިވާއިރު، މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލިސްގައި އަލިފުށި ތަމް...

ކުރެންދޫގައި 50 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި
Raajje

ކުރެންދޫގައި 50 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި

ޅ. ކުރެންދޫގައި 50 ހައުސިން ޔުނިޓު އިމާރާތް އަޅަން މިއަދު ހަވާލުކޮށްފިއެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫޢޫގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑް އާއެވެ. އެސް.ޖޭ ކުންފުންޏާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 95،980،140 ރުފިޔާ އެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ. ކުރެންދޫގައި 50 ހައުސިން ޔުނިޓު އިމާރާތް އަޅަން މިއަދު ހަވާލުކުރިއިރު، މި […]

އަމީނީ މަގު ހެދުމުގެ މަސައްކަތާއިގުޅިގެން އިންތިގެ ފާޑުކިޔުން!
Raajje

އަމީނީ މަގު ހެދުމުގެ މަސައްކަތާއިގުޅިގެން އިންތިގެ ފާޑުކިޔުން!

މާލޭ އަމީނީ މަގު ހެދުމުގެ މަސައްކަތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ. އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މާލޭގައި މީގެ ކުރިން ވެސް ބަޔަކު މާ ބިޔަ މަގުތަކެއް ހަދައި ތާރުއަޅައިފައިވާ ކަމަށެވެ. ނަމަވެސް ”މިހާލެއްގައި އުޅޭ ބަޔަކު ނުދެކޭ” ކަމަށް ވިދާޅުވެފަވެއެވެ. “އަޅެ މި މާލޭގައި މީގެ ކުރިން ވެސް ބަޔަކު މާ ބިޔަ މަގުތަކެއް ހަދައި ތާރުއަޅައި ނިންމާފައިވޭވިއްޔާ؛ އެކަމަކު މިހާލެއްގައި އުޅޭ ބަޔަކު ނުދެކ...

ގެދޮރުވެރިޔާ ސާމްޕަލް އެޕާޓްމަންޓް ޕްލޭނިން މިނިސްޓްރީގެ މުވައްޒަފުންނަށް ދައްކާލައިފި
Raajje

ގެދޮރުވެރިޔާ ސާމްޕަލް އެޕާޓްމަންޓް ޕްލޭނިން މިނިސްޓްރީގެ މުވައްޒަފުންނަށް ދައްކާލައިފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4000 ހައުސިންގ ޔުނިޓުގެ ތެރެއިން ސާމްޕަލް އެޕާރޓްމަންޓް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މުވައްޒަފުންނަށް ދައްކާލައިފިއެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4000 ހައުސިންގ ޔުނިޓުގެ ތެރެއިން ސާމްޕަލް އެޕާޓްމަންޓް މިއަދު ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މުވައްޒަފުންނަށް ދައްކާލާފައިވާއިރު، ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަން...

އަމީނީ މަގުގައި ހުޅުވާލާފައިވާ ސަރަހައްދުގައި ތާރު އެޅުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފި
Raajje

އަމީނީ މަގުގައި ހުޅުވާލާފައިވާ ސަރަހައްދުގައި ތާރު އެޅުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފި

މާލޭ ސިޓީގެ އަމީނީ މަގުގައި އާންމުންނަށް ހުޅުވާލާފައިވާ ސަރަހައްދުގައި ތާރު އެޅުމަށް އެ މަސައްކަތުގެ ކޮންޓެކްޓަރު، ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ. ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން އެގޮތައް ކުރިއަށްދާކަން ހާމަކުރައްވާފައެވެ. އަކްރަމް ވިދާޅުވީ، އަމީނީމަގު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ކުރި...

ތިން ރަށެއްގެ އެއާޕޯޓުގެ ބިން ހިއްކަން ޝައުގުވެރިކަން ފާޅުކޮށްފި
Business

ތިން ރަށެއްގެ އެއާޕޯޓުގެ ބިން ހިއްކަން ޝައުގުވެރިކަން ފާޅުކޮށްފި

ތިން ރަށެއްގެ އެއާޕޯޓު އެޅުމަށް ބިން ހިއްކުމަށް މިހާތަނަށް ބީލަން ލިބިފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ. ސަރުކާރުން އެއާޕޯޓު ތަރައްގީ ކުރުމަށް ބިން ހިއްކުމަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ހދ. މަކުނުދޫއާއި، ށ. ބިލެއްފަހިއާއި ބ. ތުޅާދޫ އަދި ތ. ވިލުފުށީގެއެވެ. އެ މިނިސްޓްރީން ބުނީ ލިބިފައިވާ ބީލަންތައް ބަލާ، އެކަށީގެންވާ ކުންފުންޏެއް ހޮވުމަށް ކުރިއަށްގެންދާ އިވަލުއޭޝަންގެ މަސައްކަތް ފިނޭންސް މިނިސްޓްރީ އަދި ޕްލޭނިންގ މިނިސްޓްރީއާއި ގުޅިގެން ކުރިއަށްގެންދާ ކަމަށެވެ. ރެސްޓްރިކްޓެޑް...

ނިރުފެހިގެ ސާފުކޮށް ނިންމާލައިފި
Raajje

ނިރުފެހިގެ ސާފުކޮށް ނިންމާލައިފި

މި މަހު 9 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި މ. ނިރުފެހިގެ ސާފުކޮށް ނިންމާލައިފިއެވެ. ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ވިދާޅުވީ، އެ ގޭ ސާފުކޮށް ނިންމާލެވިފައިވާ ކަމަށެވެ. މި މަސައްކަތް ކޮށްފައިވަނީ އެ މި ނިސްޓްރީގެ ޕަބްލިކް ވޯކްސް ސަރވިސަސް ޑިޕާޓްމަންޓުންނެވެ. މި ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުގެ ރޭ ހިނގި މި އަލިފާނުގެ ހާދިސާއަކީ، ރާއްޖޭގައި މިހައިތަނަށް އެންމެގިނަ މީހުން ނިޔާވި ހާދިސާ އެވެ. އެ ހާދިސާގައި […]

އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި މާދަމާ ފަށަނީ
Raajje

އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި މާދަމާ ފަށަނީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ. ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން މިއަދު ވިދާޅުވީ، އާރުޓީއެލް އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި މާދަމާ ފަށާނެއެވެ. އަދި އަހުލުވެރި ކުރުމުގެ ދަތުރުތައް ކުރިއަށްދާއިރު މި ދަތުރުތަކަށް އެއްވެސް އަގެއް ނުނަގާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެ އަތޮޅުގައި ތިން ރޫޓަކުން ދަތުރުތައް ކުރުމަށް މިހާރު ތަވަލުކޮށްފައިވާއިރު، ހަފުތާގ...

ވެލިދޫ މަގުހެދުމަށް ބޭނުންވާ ޕޭވިން ބުލޮކްސްގެ ފުރަތަމަ ސިޕްމަންޓް ގެންގޮސްފި
Raajje

ވެލިދޫ މަގުހެދުމަށް ބޭނުންވާ ޕޭވިން ބުލޮކްސްގެ ފުރަތަމަ ސިޕްމަންޓް ގެންގޮސްފި

ނ. ވެލިދޫ މަގުހެދުމަށް ބޭނުންވާ ޕޭވިން ބުލޮކްސްގެ ފުރަތަމަ ސިޕްމަންޓް ގެންދެވިފައި ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވިދާޅުވެއްޖެ އެވެ. އެ ކުންފުނިން ވިދާޅުވީ މި މަޝްރޫއުގައި މިހާރު ކުރިޔަށް ދަނީ ބޮޑު މަގުގައި ކާބުސްޓޯން ޖެހުން ކަމަށެވެ. މީގެ އިތުރުން އޯޝަން މަގު، ސޯސަން މަގު، ޗާންދަނީ މަގު އަދި ރޯޝަނީ މަގުގައި ކާބުސްޓޯން ޖެހުމުގެ މަސައްކަތުގެ 40 އިންސައްތަ ނިމިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ވެލިދޫ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫޢު އާރްޑީސީ […]

އަމީނީ މަގު ތަރައްގީ ކުރުމުގައި މިވަގުތު ކުރިއަށްދަނީ ދުވާރުގެ ބައެއް މަސައްކަތްތައް: އާރްޑީސީ
Raajje

އަމީނީ މަގު ތަރައްގީ ކުރުމުގައި މިވަގުތު ކުރިއަށްދަނީ ދުވާރުގެ ބައެއް މަސައްކަތްތައް: އާރްޑީސީ

އަމީނީ މަގުގެ ފުރަތަމަ ސެގްމެންޓުގެ މަސައްކަތުގައި މިވަގުތު ކުރިއަށްދަނީ ދުވާރުގެ ބައެއް މަސައްކަތްތަކާއި، މަގު އެއްވަރުކޮށް ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވިދާޅުވެއްޖެ އެވެ. އެ މަސައްކަތުގެ އެންމެފަހުގެ މައުލޫމާތު ހާމަކުރެއްވުމަށް އެ ކުންފުނިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމީނީމަގު ސެގްމެންޓް 1 ގައި ފެނާ ނަރުދަމާ ހޮޅި އެޅުމާއި ސްޓޯމް ވޯޓަރ ސިސްޓަމް އަދި ކޭބަލްޓްރޭ އެޅުމުގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލެވިފައި ކަމަށެވެ. އަދި ތާރު އަޅަނ...