އަމީނީ މަގުގެ ފުރަތަމަ ސެގްމެންޓުގެ މަސައްކަތުގައި މިވަގުތު ކުރިއަށްދަނީ ދުވާރުގެ ބައެއް މަސައްކަތްތަކާއި، މަގު އެއްވަރުކޮށް ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވިދާޅުވެއްޖެ އެވެ.

އެ މަސައްކަތުގެ އެންމެފަހުގެ މައުލޫމާތު ހާމަކުރެއްވުމަށް އެ ކުންފުނިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމީނީމަގު ސެގްމެންޓް 1 ގައި ފެނާ ނަރުދަމާ ހޮޅި އެޅުމާއި ސްޓޯމް ވޯޓަރ ސިސްޓަމް އަދި ކޭބަލްޓްރޭ އެޅުމުގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލެވިފައި ކަމަށެވެ. އަދި ތާރު އަޅަން ފެށުމުގެ ކުރިން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމާލެވިއްޖެ ކަމަށެވެ.

Ad
rt

މީގެ އިތުރުން އާރުޑީސީން ވިދާޅުވީ އަމީނީ މަގުގެ ދެވަނަ ސެގްމެންޓުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ޒަމާނީ ފެންވަރަށް އަމީނީމަގު ތަރައްޤީކޮށް ތާރު އެޅުމުގެ މަސައްކަތް އާރްޑީސީ އަށް ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާ އަށެވެ. އަދި އެ މަސައްކަތް އާރްޑީސީން ފެށީ މިއަހަރުގެ އޮގަސްޓް މަހުގެ

މި މަޝްރޫއު ޕްލޭނިންގ މިނިސްޓްރީން، އާރްޑީސީއާއި ހަވާލުކުރީ 10 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަސައްކަތް ކުރިއަށްދާއިރު، އަމީނީމަގު ހެދުމަށްޓަކައި ގަސްތައް ނަގަމުންދާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ގަސްނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި އެދިވަޑައިގެންފަ އެވެ. ނަމަވެސް އެ ކޯޓުން ނިންމަވާފައި ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

މިދިޔަ އޮކްޓޯބަރ މަހުގެ 9 ވަނަ ދުވަހު ސިވިލް ކޯޓުން ނިންމެވީ ނަޝީދަކީ އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު ލިބިގެންވާ ފަރާތެއް ނޫން ކަމަށާއި އަމުރެއް ނުނެރުނަސް، އިއާދަ ނުކުރެވޭނެ ގެއްލުމެއް ނުލިބޭނެ ކަމަށެވެ. އަދި ގާނޫނީ ގޮތުން ހިމާޔަތް ހޯދަންޖެހޭ ހައްގެއް އެ މައްސަލާގައި ފެންނަން ނެތް ކަމަށެވެ.

އެހެންވެ، ނަޝީދު އެދިވަޑައިގަތް އަމުރު ނެރެދެވެން ނެތް ކަމަށް އެ ކޯޓުން ވިދާޅުވެފައި ވެއެވެ.