ރ. އަލިފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އާރުޑީސީއާއި މި މަސައްކަތް ހަވާލުކޮށްފައިވާއިރު، މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އެވެ.

Ad
rt

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލިސްގައި އަލިފުށި ތަމްސީލްކުރައްވާ، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވެސް ބައިވެރިވިއެވެ.

މިނިސްޓްރީ އޮފް ޕްލޭނިންގެ ފަރާތުން މި މަސައްކަތް އާރްޑީސީ އާ ހަވާލުކުރީ 90،956،112.97 ރުފިޔާއަށެވެ. އެއީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

2800 އަށް ވުރެ ގިނަ މީހުން އާބަދީގައި ހިމެނޭ އަލިފުއްޓަކީ 58.8 ހެކްޓަރުގެ ބޮޑު ރަށެކެވެ.