ޅ. ކުރެންދޫގައި 50 ހައުސިން ޔުނިޓު އިމާރާތް އަޅަން މިއަދު ހަވާލުކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫޢޫގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑް އާއެވެ.

Ad
rt

އެސް.ޖޭ ކުންފުންޏާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 95،980،140 ރުފިޔާ އެވެ.

އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.

ކުރެންދޫގައި 50 ހައުސިން ޔުނިޓު އިމާރާތް އަޅަން މިއަދު ހަވާލުކުރިއިރު، މި ހިނގާ 2023 ވަނަ އަހަރުގެ ބަޖެޓުގައި އެރަށުގައި 19 މަޝްރޫޢުއެއް ހިންގުމަށް ވަނީ ހިމަނާފައެވެ. އަދި މި މަޝްރޫޢުތަކަށް ޖުމްލަ 10,067,000.00 ރުފިޔާ ބަޖެޓް ކޮށްފައިވެއެވެ.

ކުރެންދޫ އަކީ އާބާދީގައި 2061 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށެކެވެ.