ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4000 ހައުސިންގ ޔުނިޓުގެ ތެރެއިން ސާމްޕަލް އެޕާރޓްމަންޓް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މުވައްޒަފުންނަށް ދައްކާލައިފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4000 ހައުސިންގ ޔުނިޓުގެ ތެރެއިން ސާމްޕަލް އެޕާޓްމަންޓް މިއަދު ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މުވައްޒަފުންނަށް ދައްކާލާފައިވާއިރު، ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ 32 ޓަވަރުގައި 4،000 ފްލެޓު އަޅަމުންނެވެ.

Ad
rt

މީގެތެރެއިން 13 ޓަވަރުގައި އަންނަ އޮގަސްޓަ މަހުގެ ތެރޭގައި މީހުން ދިރިއުޅެން ފަށާނެ ކަމަށް ސަރުކާރުން ވިދާޅުވެފަވެ އެވެ.

މި ފްލެޓްތަކުގެ މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެއީ އެ ގައުމުގެ ޖޭއެމްސީ އާއި އެންބީސީސީ ކުންފުންޏެވެ. މިއިން ކޮންމެ ކުންފުންޏަކުން ވެސް މި މަޝްރޫއުގެ ދަށުން 2،000 ފްލެޓް އިމާރާތް ކުރާނެއެވެ.

މި މަޝްރޫޢުގެ ދަށުން ފްލެޓްތައް އިމާރާތް ކުރަނީ 17 އަދި 18 ބުރީގެ ޓަވަރުތަކެއްގައްގައެވެ. ކޮންމެ ފްލޯއެއްގައި އަށް ހައުސިންގް ޔުނިޓް ހުންނާނެ އެވެ. އެއީ ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ތަކެކެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް ސަރުކާރުން ރާއްޖޭގައި ހިންގަމުން އަންނައިރު، އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް ހައުސިން ޔުނިޓްތައް އިމާރާތް ކުރަމުން އަންނައިރު، މާލޭގެ ރައްޔިތުންނަށް ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކައިގެން 5،000 ގޯތި ދޭނެ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.