ކޮމަންޑޫ ދާއިރާ ބައި-އިލެކްޝަން: ފައިނަލް ވޯޓާސް ލިސްޓް އާންމުކޮށްފި
އަންނަ މަހު 5 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަން ކޮމިޝަން (އީސީ)އިން އާންމު ކޮށްފިއެވެ. ފެބްރުއަރީ ފަސްވަނަ ދުވަހުގެ ނިޔަލަށް އުމުރުން 18 އަހަރު ފުރޭ ކޮމަންޑޫ ދާއިރާގެ މީހުންނާއެކު، އެ ދާއިރާގައި 3،309 މީހަކަށް މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާކަމަށް މި ލިސްޓުން ދައްކައެވެ. އީސީން ވަނީ މި ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓު (www.gazette.gov.mv) ގައި […]