"ކަރިޝްމާ ޕާރޓީ މޯލްޑިވްސް" އުފެއްދުމުގެ ހުއްދައެއް ނުދިނުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އީސީ އިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ކަރިޝްމާ ޕާރޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި މ.ކެލަން، މުޙައްމަދު އިސްމާޢީލް ހުށަހެޅި ހުށަހެޅުމަށް ހުއްދަ ނުދިނުމަށް ކޮމިޝަނުން މިއަދު ނިންމައިފައިވާ ކަމަށެވެ.
ހުއްދަ ނުދިނުމަށް ނިންމި ސަބަބަކީ، ފޯމާއެކު އެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުން ފުރިހަމަނުވާތީ އާއި އެ ފަރާތުން ހުށަހަޅާފައިވާ ނަމަކީ، ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއްނޫންކަމަށް، 06 ޖަނަވަރީ 2019 ގައި އެ ކޮމިޝަނުންނިންމާފައިވާތީކަމަށް އީސީއިން ވިދާޅުވެފައިވެއެވެ.
"ކަރިޝްމާ ޕާރޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި މ.ކެލަން، މުޙައްމަދު އިސްމާޢީލް ހުށަހެޅި ހުށަހެޅުމަށް ހުއްދަ ނުދިނުމަށް ކޮމިޝަނުން މިއަދު ނިންމައިފި 1/2
— Elections Commission (@ElectionsMv) September 22, 2021
އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އިލެކްޝަން ކޮމިޝަންގައި އެދިފައިވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީމަހުގަ އެވެ.
އީސީއިން މިގޮތަށް ޓުވީޓުކޮށްފައިވާއިރު ''ކަރިޝްމާ ޕާޓީ މޯލްޑިވްސް''ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދުނު ފަރާތުން އެ ހުށަހެޅުން އަނބުރާ ގެންގޮސްފައިވާކަމަށްވެސް މީގެ ކުރިން އީސީއިން ވިދާޅިވެފައި ވެއެވެ.
އީސީގެ ގަވާއިދު ބުނާގޮތުންނަމަ އާ ސިޔާސީ ޕާޓީއެއް އުފައްދަން 3،000 މެމްބަރުން ހަމަކުރަންޖެހެއެވެ. މިކަން ކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ލިބެއެވެ. އަދި ޕާޓީ އުފައްދަން ބާއްވާ ޖަލްސާ ބޭއްވޭނީ އެންމެ މަދުވެގެން 300 މެމްބަރުން ހަމަވެގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!