މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އިލެކްޝަން ކޮމިޝަން

344 Stories filed
އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުން ހޮވުން ޖޫން 12 ގައި
Raajje

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުން ހޮވުން ޖޫން 12 ގައި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުން ހޮވުމުގެ އިންތިޚާބު 2021 ޖޫން 12 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފި އެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ގެ 59 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިޢުލާންކޮށްފައިވަނީ މިއަދު އެވެ. އީސީއިން ބުނެފައިވަނ...

ރަސްމީ ނަތީޖާ އިޢުލާންކޮށް ނިންމާލައިފި
Raajje

ރަސްމީ ނަތީޖާ އިޢުލާންކޮށް ނިންމާލައިފި

މިމަހުގެ 10 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ރަސްމީ ނަތީޖާ މިއަދު އިއުލާންކޮށް ނިންމާލައިފި އެވެ. އިލެކްޝަން ކޮމިޝަން (އީސީ)އިން މި އިންތިޚާބުގެ ދާއިމީ ނަތީޖާ ޢިއުލާން ކުރަން ފެށީ މިދިޔަ ބްރާސްފަތި ދުވަހުއެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ތެރެއިން 67 އިންސައްތަ މީހުން ވޯޓްލާފައި ވެއެވެ. ލޯކަލް ކައުންސިލް އިންތިޚާބ...

އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރަން ފަށައިފި
Raajje

އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރަން ފަށައިފި

މިމަހުގެ 10 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދާއިމީ ނަތީޖާ ޢިއުލާން ކުރަން ފަށައިފިއެވެ. މި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރަން ފަށާފައި ވަނީ މިއަދު މެންދުރު 2:00ގަ އެވެ. އަދި  މި އިންތިހާބުގެ ވަގުތީ ނަތީޖާތައް އިއުލާނުކޮށް ނިންމާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. ވޯޓުލައި ނިމޭތާ 14 ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާނުކުރަން އިންތިޚާބާބެހޭ ގާނޫނު ލާޒިމު ކުރެ އެވެ. […]

ދާއިމީ ނަތީޖާ އަންގާރަ ދުވަހު!
Raajje

ދާއިމީ ނަތީޖާ އަންގާރަ ދުވަހު!

މިމަހުގެ 10 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ އިމީ ނަތީޖާ އަންނަ އަންގާރަ ދުވަހު އިއުލާނު ކުރަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ. އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އަންގާރަ ދުވަހު ދާއިމީ ނަތީޖާ އިއުލާނު ކުރަަން ފެށި ނަމަވެސް އެކަން މުޅީން ނިންމާލެވޭނީ ތިން ދުވަސް ފަހުން ކަމަށެވެ. އެ އިންތިޚާބުގެ ވަގުތީ ނަތީޖާ ޢިއުލާންކޮށް ނިއްމާލީ އިއްޔެއެވެ. ވަގުތީ ނަތީޖާއާއެކު އިންތިހާބުގެ […]

ތަކަންދޫ އާސިފާއާއި ޒީނާގެ ވޯޓު ހަމަހަމަ، ދެވަނަ ބުރު ބާއްވަންޖެހޭ ރަށްތައް މިއަދު ކަނޑައަޅަނީ!
Thiladhunmathi News

ތަކަންދޫ އާސިފާއާއި ޒީނާގެ ވޯޓު ހަމަހަމަ، ދެވަނަ ބުރު ބާއްވަންޖެހޭ ރަށްތައް މިއަދު ކަނޑައަޅަނީ!

މިމަހުގެ 10 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ޖެހޭ ރަށްރަށާއި ދާއިރާތައް މިއަދު ކަނޑައަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ. އީސީން މިގޮތަށް ބުނެފައިވާއިރު އެ ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ހއ. ތަކަންދޫ ކައުންސިލްގެ އަންހުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑިއަށް ދެ ކެންޑިޑޭޓެއްގެ ވޯޓުގެ ނަތީޖާ ވަނީ ހަމަހަމަ ވެފައެވެ. އެއީ މިހާރުގެ ވެސް އެރަށ...

3 ވޯޓު ފޮއްޓެއް އަލުން ގުނަން ނިންމައިފި
Raajje

3 ވޯޓު ފޮއްޓެއް އަލުން ގުނަން ނިންމައިފި

3 ވޯޓު ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކަނޑާ އަލުން ވޯޓު ގުނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ. އީސީއިން، އެ ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމިޓީއާއެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ވަނީ ތިން ވޯޓު ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކެނޑުމަށް މަޝްވަރާކޮށްފައެވެ. އެ ތިން ފޮއްޓަކީ މިހާތަނަށް ނަތީޖާ ކަނޑަނާޅާ ތިން ފޮއްޓެވެ. އެ ތިން ފޮއްޓަކީ، މ. މުލައް، މ. މުލި އަދި ފ. ނިލަންދޫ ވޯޓު ފޮއްޓެވެ. އީސީއާއި، އެ ކޮމިޝަންގެ ޤައުމީ ލަފާދޭ […]

ވޯޓްލާން ދަނީ "ހުއްދަ ހޯދައިގެންތޯ، ކިހިނެތްތޯ، ކޮންތާކުންތޯ" އީސީއިން ނުބަލާނެ
Raajje

ވޯޓްލާން ދަނީ "ހުއްދަ ހޯދައިގެންތޯ، ކިހިނެތްތޯ، ކޮންތާކުންތޯ" އީސީއިން ނުބަލާނެ

ވޯޓްލާން މަރުކަޒަށް ދަނީީ “ހުއްދަ ހޯދައިގެންތޯ، ކިހިނެތްތޯ، ކޮންތާކުންތޯ” ނުބަލާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވެެއްޖެ އެވެ. ޝަރީފް މިހެން ވިދާޅުވީ އިއްޔެ ކުރެއްވި ޓުވީޓެއްގަ އެވެ. ޝަރީފް ވިދާޅުވީ ވޯޓްލާ މަރުކަޒަށް ވޯޓްލާން ދާ މީހާގެ ނަން ވޯޓާސް ލިސްޓްގައި އޮވެއްޖެނަމަ އެ މީހަކަށް ވޯޓް ލެވޭނެ ކަމަށެވެ. ވޯޓްލާ މަރުކަޒަށް ވޯޓްލާން އަންނަ މީހާގެ ނަން ވޯޓާސް ރަޖިސްޓްރީގައި އޮވެއްޖެނަމަ އޭނާއަށް ވޯޓް ލެވޭނެ. ކިހިނެތްތޯ، ކޮންތާކުންތޯ އައީ […]

މުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށްވެސް ވޯޓުލެވޭނެ: އީސީ
Raajje

މުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށްވެސް ވޯޓުލެވޭނެ: އީސީ

ލޯކަލް ކައުންސިލް އިންތިހާބުގައި މުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށްވެސް ވޯޓުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވެފައިވަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. “މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތައް ޖޫން މަހުގެ ނިޔަލަށް މުއްދަތު އިތުރު ކޮށްފައިވާ ކަމަށް ޑީއެންއާރް އިން ޢިއުލާން ކޮށްފައިވާތީ، ވޯޓު ލުމުގައި އެއްވެސް އައިޑީ ކާޑެއް މުއްދަތު ހަމަވެފަ...

ވޯޓުދިނުމުގެ ޙައްޤު ލިބޭ މީހުންގެ ރަޖިސްޓަރީގައި ސޮއި ކުރަން ހުޅުވާލައިފި
Raajje

ވޯޓުދިނުމުގެ ޙައްޤު ލިބޭ މީހުންގެ ރަޖިސްޓަރީގައި ސޮއި ކުރަން ހުޅުވާލައިފި

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓު ދިނުމަށް ޙައްޤު ލިބޭ މީހުންގެ ރަޖިސްޓަރީގައި ސޮއި ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ފުރުސަތު ހުޅުވާލައިފި އެވެ. މިގޮތުން އީސީއިން ވަނީ އެ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު 31 މާރިޗު 2021 އިން 02 އެޕްރީލު 2021 ގެ ނިޔަލަށް ހުޅުވާލާފަ އެވެ. ކެންޑިޑޭޓުން ނުވަތަ ކެންޑިދ...

ވޯޓުލުމަށް އަމިއްލަ ގަލަމެއް ބޭނުންކުރަން ބާރުއަޅަން: އީސީ
Raajje

ވޯޓުލުމަށް އަމިއްލަ ގަލަމެއް ބޭނުންކުރަން ބާރުއަޅަން: އީސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމަށް އަމިއްލަ ގަލަމެއް ބޭނުން ކުރުމަށް ބާރުއަޅާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ. އެކަން ހާމަކޮށްފައި ވަނީ އިންތިޚާބާއި ގުޅޭގޮތުން އީސީއިން ކޮށްފައިވާ ޢިއުލާނެއް ގައެވެ. އީސީއިން ބުނީ، “ކޯވިޑް-19 ގެ ހާލަތުގައި ރައްކައުތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިޔަށް ގެންދިއުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު” ގެ 4 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައ...

އަނެއްކާވެސް ޕީޕީއެމްއަށް ބޮޑު ޖޫރިމަނާއެއް
Raajje

އަނެއްކާވެސް ޕީޕީއެމްއަށް ބޮޑު ޖޫރިމަނާއެއް

އިދިކޮޅު ކޯލިޝަންގެ މައިޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) 75،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޕީޕީއެމް ޖޫރިމަނާކުރީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް މުޒާހަރާ ކޮށްފައި ވާތީ އެ ޕާޓީއަށް ޖަވާބުދާރީ ވުމަށް ދިން ފުރުސަތުގައި ހުށަހެޅި ހުށަހެޅުން ގަބޫލު ނުކުރުމަށް ނިންމުމަށް ފަހު ކަމަށެވެ. މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު “ކޮބާ މަގޭ ފްލެޓް” ގެ ނަމުގައި ޕީޕީއެމްއިން މާލޭގައި ކުރިއަށް ގެންދިޔަ […]

ވޯޓު ފޮށި ނުބަހައްޓާ ރިސޯޓުތަކުގެ ނަންތައް ހާމަކޮށްފި
Raajje

ވޯޓު ފޮށި ނުބަހައްޓާ ރިސޯޓުތަކުގެ ނަންތައް ހާމަކޮށްފި

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 5 ރިސޯޓެއްގައި ވޯޓުފޮށި ނުބަހައްޓަން ނިންމައި، އެ ރިސޯޓްތައް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހާމަކޮށްފިއެވެ. އީސީން މިއަދުކުރި ޢިއުލާނެއްގައި ބުނީ، އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން ރިސޯޓުތަކުގައި ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހަމަވި އިރު ވޯޓުފޮށި ބެހެއްޓޭ އަދަ...

ނައިބަށް ކުރެވުނުކަމަށް ބުނާ ތުހުމަތާ ގުޅިގެން އީސީގެ ކުއްލި ޖަލްސާއެއް
Raajje

ނައިބަށް ކުރެވުނުކަމަށް ބުނާ ތުހުމަތާ ގުޅިގެން އީސީގެ ކުއްލި ޖަލްސާއެއް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު އަބްދުއްރަޙީމް އެތަނުގެ މުވައްޒަފުންނަށް ފުރައްސާރަކުރުމާއި ބިރު ދެއްކި ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އޮންލައިން ނޫހަކުން ޚަބަރު ގެނެސް ދިނުމާއި ގުޅިގެން އީސީގެ ކުއްލި ޖަލްސާއެއް ބާއްވައިފިއެވެ. އީސީން ބުނީ، އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު އަބްދުއްރަޙީމްގެ މައްޗަށް ތުހުމަތުކޮށް ކޮމިޝަނުގެ ދެ މުވައްޒަފަކު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ބުނެ ސަން މީޑިއ...

ބާރަށާއި، މާލޭގައި 6 ޖަހަންދެން ރީ-ރެޖިސްޓްރޭޝަން ފޯމް ބަަލައިގަންނާނެ
Raajje

ބާރަށާއި، މާލޭގައި 6 ޖަހަންދެން ރީ-ރެޖިސްޓްރޭޝަން ފޯމް ބަަލައިގަންނާނެ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރެޖިސްޓްރޭޝަންވުމަށް ފޯމް ހުށަހެޅުމުގެ ވަގުތު ހއ. ބާރަށާއި، މާލޭ ސިޓީގައި އިތުރުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނީ ‏ވޯޓުލާން ރަޖިސްޓަރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފޯމް ބަލައިގަންނަ ވަގުތު މާލެސިޓީއާއި، ހއ. ބާރަށުގައި އިތުރު ކުރެވިފައިވާ...

އީސީއަށް ހާޟިރުވެގެން ވެސް ޚިދުމަތްތައް ހޯދޭގޮތަށް ހަމަޖައްސައިފި
Raajje

އީސީއަށް ހާޟިރުވެގެން ވެސް ޚިދުމަތްތައް ހޯދޭގޮތަށް ހަމަޖައްސައިފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޚިދުމަތްތައް އެ ކޮމިޝަނަށް ހާޟިރުވެގެން ވެސް ހޯދޭ ގޮތަށް ހަމަޖައްސައިފިއެވެ. ކޯވިޑާއި ގުޅިގެން އީސީން މިހާތަނަށް ހަމަޖައްސާފައި ވަނީ އެ ކޮމިޝަންގެ ޚިދުމަތްތައް ހަމައެކަނި އޮންލައިންކޮށް ހޯދޭ ގޮތަށެވެ. އޭރު އީސީން މިގޮތަށް ހަމަޖެއްސީ ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެ، ސަރުކާރުން އެޅި ރަށްކާތެރި ފިޔަވަޅުތަކުގެ ތެރެއިން ގިނަ މުއައްސަސާތަކެއްގެ ޚިދުމަތް އޮންލައިންކޮށް ދިނުމުގެ އުސޫލަށް އަމަލު ކުރަން ފެށުމުންނެވެ. ނަމަވެސް މިހާރު އީސީން ވަނީ މިއަދުން ފެށިގެން އެ ކޮމިޝަނ...