އަންނަ މަހު 5 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަން ކޮމިޝަން (އީސީ)އިން އާންމު ކޮށްފިއެވެ.

ފެބްރުއަރީ ފަސްވަނަ ދުވަހުގެ ނިޔަލަށް އުމުރުން 18 އަހަރު ފުރޭ ކޮމަންޑޫ ދާއިރާގެ މީހުންނާއެކު، އެ ދާއިރާގައި 3،309 މީހަކަށް މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާކަމަށް މި ލިސްޓުން ދައްކައެވެ.

Ad
rt

އީސީން ވަނީ މި ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓު (www.gazette.gov.mv) ގައި އަދި، އެ ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައި ޢާންމުކޮށް ފެންނާނެ ގޮތަށް ހަދާފައެވެ.

މި އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ވާދަކުރަނީ 3 ޕާޓީ އަކުންނެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދާއި، އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ އިތުރުން އެމްއެންޕީން އަބްދުލް ހައްނާނު އިދުރީސް އެވެ.

އަންނަ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިއިންތިހާބުގެ ކެންޕެއިން ފެނިގެންދަނީ ވަރަށް ފޯރި ގަދަކޮންނެވެ.

އެދާއިރާ ގޮނޑި ހުސްވެފައިމިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.