ކޮމަންޑޫ ދާއިރާގެ ބައިލެކްޝަނަށް ކުރިމަތިލި ކެންޑިޑޭޓުންގެ މެދުގައި މިރޭ ގުރު ނަގައިފިއެވެ.
އިންތިޚާބާބެހޭ މައި މަރުކަޒު، ބާ ޖަމާލުއްދީން ސްކޫލްގައި މިކަމަށް އޮތް ބައްދަލުވުމުގައި ނެގި ގުރުގައި ކެންޑިޑޭޓް ނަމްބަރު 1 ލިބުނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށެވެ.
2 އެއް ލިބުނީ ޕީޕީއެމް ކެންޑިޑޭޓު މޫސާ ފަޠުހީ އާދަމަށެވެ. އަދި 3 ލިބުނީ އެމްއެންޕީގެ ކެންޑިޑޭޓް ޙަންނާން އިދުރީސްއަށެވެ.
އީސީން މިހާރު ވަނީ އެ އިންތިޚާބުގެ އޮބްޒާވަރުންނަށާއި، މޮނިޓަރިންނަށް ވުމުގެ ފުރުޞަތު ވެސް ހުޅުވާލައި، އެ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ތަންތަން ވެސް ޢިއުލާންކޮށްފައެވެ.
އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ ބައި-އިލެކްޝަން ބާއްވަން އީސީއިން ނިންމާފައި ވަނީ، 2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު އެވެ.
2021 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި - އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް މިރޭ ބޭއްވުނު ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން pic.twitter.com/Jkefe22xyW
— Elections Commission (@ElectionsMv) December 30, 2021
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު މި މަހުގެ 13 ވީ ހޯމަދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!