ހިކިކަނޑުމަސް ތައްޔާރު ކުރަނީވެސް މަސްވެރިން ކަމަށާއި، މަސްވެރިންނަށް ދޭ ސަބްސިޑީ ހިކިކަނޑުމަސް ތައްޔާރުކުރާ ''މަސްވެރިންނަށް'' ވެސް ލިބެންވާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ ދިވެހި މަސައްކަތްތެރީންގެ ހައްގުގައި ވަކާލާތު ކުރަށްވަމުން ގެންދަވާ، މަޝްޙޫރު ގާނޫނީ ވަކީލު ޢަލީ މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގަ އެވެ.
ޢަލީ ވިދާޅުވީ އައިސްޕްލާންޓްތައް ހެދުމުން ސަބްސިޑީ ލިބޭ ބަޔަކަށް ލިބުނަސް ހިކިމަސް ތައްޔާރުކޮށް ވިއްކާ މަސްވެރިންނަށް ހަމަ އަގު ނުލިބި، މަސްކޮޅު ވިއްކާލަން ޖެހެނީ ނުއަގުގައި ކަމަށެވެ.
''އައިސްޕްލާންޓްތައް ހަދާ، ސަބްސިޑީ އެ ލިބޭ ބަޔަކަށް ލިބުނަސް ހިކިމަސް ތައްޔާރުކޮށް ވިއްކާ މަސްވެރިންނަށް ކިލޯއަކަށް މި ލިބެނީ 20 ރުފިޔާ. މަސްވެރިންނަށް ދޭ ސަބްސިޑީ ހުރިހައި މަސްވެރިންނަށްވެސް ލިބެންޖެހޭ. ހިކިކަނޑުމަސް ތައްޔާރު ކުރަނީވެސް މަސްވެރިން.''
ޢަލީ ވިދާޅުވިއެވެ.
އައިސްޕްލާންޓްތައް ހަދާ، ސަބްސިޑީ އެ ލިބޭ ބަޔަކަށް ލިބުަނަސް ހިކިމަސް ތައްޔާރުކޮށް ވިއްކާ މަސްވެރިންނަށް ކިލޯއަކަށް މި ލިބެނީ 20 ރުފިޔާ. މަސްވެރިންނަށް ދޭ. ސަބްސިޑީ ހުރިހައި މަސްވެރިންނަށްވެސް ލިބެންޖެހޭ. ހިކިކަނޑުމަސް ތައްޔާރު ކުރަނީވެސް މަސްވެރިން.
— Ali Hussain (@AleeVoice) February 4, 2021
މެންބަރު ޢަލީ މިހެން ވިދާޅުވެފައިވާއިރު، މަސްވެރިން ބާނާ މަސްގަނެ، ހިއްކާ ހަދާ ފަރާތްތަކަކީ ވެސް ދިވެހި މަސްވެރިކަމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެވެ. އެ ފަރާތްތަކަކީ މަސްވެރިން ބާނާ މަސްކޮޅު ގަނެ، މަސްވެރިން މާޔޫސްވިޔަ ނުދީ ނަފާ ހޯދައި ދިނުމުގައި ޝާމިލްވާ އަދި މަސްވެރިން ކުރާ މަސައްކަތުގައި ފުރިހަމައަށް ބައިވެރިވާ، މަސްވެރިކަމުގެ ޢާއިލާއަށް ނިސްބަތްވާ ބައެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!