މެޖޯރިޓީ ނެތި ސަރުކާރު ހިންގަންޖެހޭ ދުވަހަކުން ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަން ގެއްލިދާނެ ފަދަ ގޮތަކަށް މިއަދު ގާނޫނެއް ފާސްކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
މަޝްޙޫރު ޤާނޫނީ ވަކީލު ޢަލީ މިހެން ވިދާޅުވީ، "ހެލްތު އިމަޖެންސީ ގަރާރު މަޖިލީހަށް ހުށަހަޅަން ޖެހުން ގޯހެއް ނޫން: ޑރ. އަޒީ" މި ސުރުޚީ ދަށުގައި ނޫހެއްގައި ގެނެސްދީ ފައިވާ ޚަބަރެއް ހިމަނުއްވައި ކުރެއްވި ޓުވީޓެއްގައެވެ.
އެ ޓްވީޓްގައި ޢަލީ ވިދާޅުވެފައި ވަނީ މަޖިިލީހުގެ މެޖޯރިޓީ ނެތި ސަރުކާރު ހިންގަންޖެހޭ ދުވަހަކުން ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަން ގެއްލިދާނެ ފަދަ ގޮތަކަށް މިއަދު ގާނޫނެއް ފާސްކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށް އިހުތިރާމާއެކު ދަންނަވާ ކަމަށެވެ.
ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމެއްކަންވެސް ހަނދާންކުރަންޖެހޭ ކަމަށްވެސް ޢަލީ ވަނީ ވިދާޅުވެފައެވެ.
"އިހުތިރާމާއެކު ދަންނަވަން ޖެހެނީ މަޖިިލީހުގެ މެޖޯރިޓީ ނެތި ސަރުކާރު ހިންގަންޖެހޭ ދުވަހަކުން ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަން ގެއްލިދާނެ ފަދަ ގޮތަކަށް މިއަދު ގާނޫނެއް ފާސްކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށް. މިއީ ރިޔާސީ ނިޒާމެއްކަންވެސް ހަނދާންކުރަންޖެހޭ."
މެމްބަރު ޢަލީ ޙުސައިން
ިްއިހުތިރާމާއެކު ދަންނަވަން ޖެހެނީ މަޖިިލީހުގެ މެޖޯރިޓީ ނެތި ސަރުކާރު ިހިންގަންޖެހޭ ދުވަހަކުން ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަން ގެއްލިދާނެ ފަދަ ގޮތަކަށް މިއަދު ގާނޫނެއް ފާސްކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށް. މިއީ ރިޔާސީ ނިޒާމެއްކަންވެސް ހަނދާންކުރަންޖެހޭ. https://t.co/fRhz81BR12
— Ali Hussain (@AleeVoice) July 20, 2020
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުުކުރާ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރަން ޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުން އާއްމު ސިއްހަތު ރައްްކާތެރިކުރުމުގެ ގާނޫނަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަަޝީދު ހުށަހަޅުއްވާފައިވާ އިސްލާހާ މެދު ސިއްހީ މާހިރުންނާއި އާއްމުންގެ ދަނީ ދެކަފި ޚިޔާލުތައް ފާޅު ކުރަމުންނެވެ.
With due respect, I beg to differ with Dr Azee on this. We hv had several experiences where the parliament didn’t give due importance to health of people in their decisions or while passing legislations https://t.co/eW1JPRL5GR
— Jamsheed (@ahmedjamsheed) July 20, 2020
އެ އިސްލާހަށް ހިޔާލު ހޯދަން މަޖިލީހުގެ އިދާރާގައި ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައިވެސް ޑޮކްޓަރުން ވަނީ އެ އިސްލާހާއިމެދު ހުރި ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. އަދި މީސް މީޑިއާގައިވެސް ދަނީ މިއިސްލާހާއިމެދު ޚިޔާލު ފާޅުކުރެވެމުންނެވެ.
Majlis membarun: we will never let technocrats interfere with our right to remain ignorant
— Faisal Saeed (@DrFSaeed) July 20, 2020
އެ ޕެނަލް ޑިސްކަޝަންގައި ޑރ. އަލީ ނިޔާފް ޚިޔާލު ފާޅުކުރަށްވާފައި ވާއިރު، އެ ޚިޔާލަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗީފް ވިޕް ރޮޒެއިނާ އާދަމް ތާއީދުކުރެއްވުމުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ނުރުހުން ފާޅުކުރައްވައި ފައެވެ.
ޑރ. ނިޔާފް އެ ޕެނަލް ޑިސްކަޝަންގައި ދެއްކެވި ވާހަކައިގެ ބައެއް ފެންނަ ވީޑިއޯ ހިއްސާކުރަށްވައި ކުރެއްވި ޓުވީޓެއްގައި ރޮޒެއިނާ ވަނީ، ޑރ. ނިޔާފް ދެއްކެވި ވާހަކައާ އެއްބަސްވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އަދި އޭނާގެ ހުށަހެޅުންތައް ކޮމެޓީއިން ބަލައިގަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ރޮޒެއިނާގެ ޓްވީޓަށް ރައްދުދެއްވައި އާޒިމް ވިދާޅުވީ، ޕާޓީގެ ޗީފް ވިޕް ކަމަށްވާ ރޮޒެއިނާގެ ހިޔާލުތައް ޕީޖީ ގްރޫޕުގެ ތެރޭގައި މަޝްވަރާ ކުރެއްވޭނެ ކަމަށެވެ. އެކަން ކުރަންވީ ސޯޝަލް މީޑިއާގައި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ތާއީދު ހޯދުމުގެ މުބާރާތެއް ނޫން ކަމަށާއި، އަމިއްލަ ފައިދާއަށް "ޕޮޕިއުލިސްޓް އެޖެންޑާ" ކުރިއެރުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.
ރޮޒެއިނާ ކޮމެންޓު ކުރެއްވީ ބިލު ވިދާޅުނުވެހެން ހީވާ ކަމަށް ވިދާޅުވެ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީވެސް ވަނީ ރޮޒެއިނާގެ ޓްވީޓަށް ފާޑުވިދާޅުވެފައެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ކައުންސިލްގައި ހިމެނޭ، ޓުވީޓާގައި އެމްޑީޕީގެ ވަރަށް ހަރަކާތްތެރިއެއް ކަމަށްވާ ހާމިދު އަބުދުލް ޣަފޫރުވެސް ވަނީ ޑރ. ނިޔާފަށް ނިސްބަތްކޮށް "ހެޔޮގޮތަކީ މަޖިލީހަށް ކުރިމަތި ލެއްވުން ކަމަށް" ބުނެ ޓްވީޓް ކޮށްފައެވެ. މި ޓުވީޓާއިމެދުވެސް މީހުން އަންނަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.
He is a neurosurgeon. He doesn't need to be a MP and ask for people's votes to prove himself. He has proved himself in his field. So yes, if mosques can be closed and people can pray at home, Majlis can conduct their sessions virtually too. https://t.co/U9bxC11IGY
— Isha (@ish_aa) July 20, 2020
ޑރ. ނިޔާފް ފާޅުކުރެއްވި ޚިޔާލާއި ގުޅިގެން މަޖިލީހުގެ އަހަވަންދޫ ދާއިރާގެ މެމްބަރު ކުރެއްވި ޓުވީޓެއްގައި ބަސްމަގު ގެންނަވާފައިވާ ގޮތަށް އިއްޔެވަނީ ވަރަށް ބޮޑަށް ޝިފާޢުއަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!