ރިސޯޓު ތަކާއި ސަފާރީތަކާއި އަދި 10 މުވައްޒަފުންނަށް ވުރެ ގިނައިން މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރާ މީހުންގެ 60 އިންސައްތަ މީހުންނަކީ ދިވެހިން ކަމުގައި ލާޒިމުކުރުމަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

މިހާރު މަޖިލިސްގެ ކޮމެޓީގައި ކުރިއަށްދާ ވަޒީފާއާބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލަށް އެ އިސްލާޙް ހުށަހަޅުއްވާފައި ވަނީ ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ ހުސައިނެވެ.

Ad
rt

ޢަލީ އިތުރަށް ހުށަހަޅުއްވާފައިވާ އިސްލާހް ތަކުގެ ތެރޭގައި އެ ޤާނޫނުގެ 59 މާއްދާ އިޞްލާޙުކުރުން ކުރަން ވެސް ވަނީ ހުށަހަޅުއްވާފައި އެވެ. އެ އިސްލާޙްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ މީހުންނަށް މުސާރައިގެގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ، އެ ޤާނޫނުގައިވާ ގޮތުގެމަތިން މިނިސްޓަރު ކަނޑައަޅަންވާނެ ކަމަށެވެ.

އެ އިސްލާހުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމަށްޓަކައި އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރައިގެ އަދަދާ ގުޅޭގޮތުން މިނިސްޓަރަށް ލަފާ ދޭންވާނެ ކަމަށެވެ. އަދި އެ ލަފާގައި ސިނާއަތްތަކަށް ވަކީން މިނިމަމް ވޭޖް ކަނޑައަޅާނަމަ އެކަން ތަފްސީލުކުރަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

"ނޯޓިިސްދީފައި ވަޒީފާއިން ވަކިކުރުން ހުއްޓުވުމަށާ، ވަޒީފާގައި ބައިތިއްބަންޖެހޭ ދިވެހިންގެ ނިސްބަތް 2 އަހަރު ދުވަހުގެތެރޭގައި 60 އިންސައްތައަށް ހަމަކުރުން ލާޒިމްކޮށް ވަޒީފާއާ ބެހޭގާނޫނު އިސްލާޙު ކުރުމުގެ ބިލްއަށް އިސްލާޙު ހުށައަޅައިފިން"

އެ އިސްލާޙްތައް ހުށަހެޅުމަށްފަހު ޢަލީ ވިދާޅުވެފައި ވެއެވެ.

އެ ޤާނޫނަށް އިވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު ވެސް ވަނީ މުހިއްމު އިސްލާޙްތަކެއް ހުށަހަޅުއްވައި، އެ އިސްލާޙްތައް ވަނީ ކޮމެޓީއިން ފާސްވެސް ކޮށްފައެވެ.

މިގޮތުން ޝިފާޢު ހުށަހަޅުއްވައި ފާސްކުރި އެއް އިސްލާޙަކީ 50 މުވައްޒަފުންނަށްވުރެ ގިނައިން މަސައްކަތްކުރާ ކުންފުނިތަކުގައި ސީނިއަރ މެނޭޖްމަންޓުގައި 60 އިންސައްތަ ދިވެހި މުވައްޒަފުން ހިމަނަން ހުށަ ހެޅުއްވި އިސްލާޙެވެ.

ޝިފާޢު ހުށަހަޅުއްވައި ކޮމެޓީއިން ފާސްކުރި ދެވަނަ އިސްލާޙަކީ 50 މުވައްޒަފުންނަށް ވުރެ ގިނައިން މަސައްކަތްކުރާ ކުންފުނިތަކުގައި މުވައްޒަފުންނާއި ބެހޭ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަން ވާނީ ދިވެހި މުވައްޒަފެއް ކަމަށެވެ.