ހޮނިހިރު ދުވަހު ނަގާވޯޓު ކާމިޔާބުވާނެ ކަމާމެދު ޝައްކެތްނެތް: ނަޝީދު
ހޮނިހިރު ދުވަހު އޮންނަ، ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެެ ރިޔާސީ ޕްރައިމަރީގައި ނަގާވޯޓު ކާމިޔާބުވާނެ ކަމާމެދު އެއްވެސް ޝައްކެތްނެތް ކަމަށް އެ ޕްރައިމަރީގައި ވާދަކުރަށްވާ އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވި ރައީސް ނަޝީދުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖެވަނީ ބަދަލުވެފައި ކަމަށާއި، އެއީ މާކުރިން ފަށައިގެން އުނދަގޫ ގޮންޖެހުންތައް ކުރ...