ރަނިންމޭޓުކަން ދެއްވާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު، ކުރިން ވެސް ބައެއް ބޭފުޅުންނަށް ދޯކާ ދެއްވި ކަމަށާއި، މިފަހަރު ވެސް އެހެން ހެއްދެވުން ގާތް ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އިއްޔެ ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެންއިރު އަރިހުގައި އައްޑޫއަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ ޑރ. މުހައްމަދު މުނައްވަރާއި، ފާތިމަތު ދިޔާނާ ސައީދު ވަނީ ވަޑައިގެންފައެވެ.

Ad
rt

އެ ދެ ބޭފުޅުން ނަޝީދުގެ ކެމްޕެއިނާ ގުޅިވަޑައިގަތުމުން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ދެ ބޭފުޅުން ނަޝީދުގެ ރަނިންމޭޓް ކަމަށް ދެކިވަޑައިގަންނަވާ ހުވަފެން ހަގީގަތަކަށް ވުމަށްވުރެ ނުވުން ގާތް ކަމަށެވެ.

‘’ނަޝީދު ކުރިން ވެސް ބޭފުޅުންނަށް ދޯކާ ދެއްވި، ދެންވެސް އެހެންވުން ގާތް’’ ރައީސް ޞާލިޙްގެ ފަޅީގައި ހުންނެވި ޝަރީފް ވިދާޅުވިއެވެ.

މުނައްވަރާއި، ދިޔާނާ ނަޝީދު ކެމްޕެއިނާ ގުޅިވަޑައިގެންނެވިއިރު، ނަޝީދަށް ޕްރައިމަރީ ކާމިޔާބު ކުރެއްވިއްޖެނަމަ ރަނިންމޭޓަކަށް ޚިޔާރު ކުރަށްވާނީ އައްޑޫ ބޭފުޅެއްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ނަޝީދު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އިރު ވެސް ރަނިންމޭޓަކަށް ނެންގެވީ އައްޑޫއަށް ނިސްބަތްވެވަޑައިގަންނަވާ ކުރީ ތައުލީމާބެހޭ ވަޒީރު އަދި މިހާރު ރައީސް އޮފީހުގެ ވަޒީރު ޑރ. މުސްތަފާ ލުތުފީއެވެ.