އދ. މަހިބަދޫ ބިން ހިއްކުމުގެ މަޝްރޫޢު މިއަހަރު ފަށައި، އެ އަތޮޅު ދަނގެތީ ބިން ހިއްކަން އެމްޑީޕީގެ 2023 ވަނަ އަހަރު ރިޔާސީ ވައުދެއްގެ ގޮތުގައި މެނިފެސްޓޯގައި ހިމަނުއްވާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގައި މިއަދު ދަނގެއްޗަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ދަނގެތީގައި މި ސަރުކާރުން ހިންގާފައިވީ ނަމަވެސް އަދިވެސް އެރަށަށް މުހިންމު ކަންތައްތަކެއް ހުރިކަން އެނިގވަޑައިގަންނަވާ ކަމަށެވެ.

Ad
rt

މިގޮތުން ރަށު ކައުންސިލުން އެކަށަހަޅުއްވާފައިވާ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތައް އެރަށު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ރަށަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ މަސައްކަތް ހިންގާ ރަށަކަށްވީއިރު، ބަނދަރު މަޝްރޫޢާއެކު މޫދަށް އެރޭ ސަރަހައްދެއް އެރަށުގައި ތަރައްގީކޮށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ދަނގެތީގެ ބިމުގެ މައްސަލަ ހައްލު ކުރުމަށް މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ މެނިފެސްޓޯގައި އެކަން ހިމަނުއްވައި އެކަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަހިބަދޫ ބިން ހިއްކުމަށް މިހާރު އީއައިއޭ ހެދުމުގެ މަސައްކަތް ނިމިފައިވުމާއެކު މިއަހަރު ތެރޭގައި އެ މަސައްކަތް ފައްޓަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ރިޔާސީ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބުކޮށް، އަންނަ ރިޔާސީ އިންތިޚާބު ފަސޭހަކަމާއެކު ކާމިޔާބު ކުރައްވާނެކަމަށް ވިދާޅުވާ ވިދާޅުން ތަކުރާރު ކުރަށްވާފައެވެ.