ވެރިކަން ކުރާ އިއްތިހާދުގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑިޕީ)ގެ ރިޔާސީ ޕްރައިމަރީގައި، ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވުމަށް ކުރީގެ ބަންޑާރަ ނައިބުން ކަމަށްވާ ދިޔާނާ ސައީދާއި ޑރ. މުހައްމަދު މުނައްވަރު ނިންމަވައި، ނަޝީދުގެ ކެމްޕޭނާ ގުޅިވަޑައިގެންފިއެވެ.
މި ދެ ބޭފުޅުން ނަޝީދުގެ ކެމްޕޭނާއި ގުޅިވަޑައިގެންފައިވާއިރު، ނަޝީދު އައްޑޫ ސިޓީއަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، ނަޝީދު ގެ އަރިހުގައި އެ ދެ ބޭފުޅުން މިހާރު ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ދިޔާނާ އަަކީ މަލްޓި ޕާޓީ ސިސްޓަމުގެ ތެރެއިން އެމްޑީޕީ އިން ރާއްޖޭގެ ވެރިކަން ކުރި ފުރަތަމަ ދައުރުގައި ނަޝީދުވެ ވެރިކަމުގެ ފުރަތަމަ ބަންޑާރަ ނައިބެވެ. އަދި ޑރ. މުނައްވަރަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ބަންޑާރަ ނައިބުކަން ކުރެއްވި ބޭފުޅެކެވެ.
އެ ދެބޭފުޅުން ނަޝީދު އަރުހުގައި އައްޑު ސިޓިއަށް ވަޑައިގެންނެވިއިރު، ނަޝީދު ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެކަނިކުފާނުގެ ރަނިންގ މޭޓެއްގެ ގޮތުގައި ހަމަޖައްސަވާނީ އައްޑޫގެ ޒުވާނެއް ކަމަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ކަންކަންމުން ދުރުގައި ހަނު ހުންނެވުމަށްފަހު، މިފަހަކަށް އައިސް ޑރ. މުނައްވަރު ގެންދަވަނީ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
މި ދެ ބޭފުޅުންނަކީ ވެސް އައްޑޫއަށް ނިސްބަތްވެވަޑައިގަންނަވާ ދެ ބޭފުޅުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!