ގޮޓާބަޔަ ރާއްޖެ ވަޑައިގަތް މައްސަލާގައި ޢަމަލުކުރިގޮތް ސާފުކުރަން މަޖިލީހަށް
ސްރީލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ އާއި އަނބިކަނބަލުން ފިއްލަވައިގެން ރާއްޖެ ވަޑައިގެންފައިވާއިރު އެކަން ހިނގާދިޔަ ގޮތް ސާފުކުރަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވާނެ ކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ. އެންޓޮނޯވް-32 މަރުކާރުގެ އަސްކަރީ ބޯޓެއްގައި ގޮޓާބަޔަ އާއި އޭނާގެ އަނބިކަނބަލުން އަދި ބޮޑީގާޑުންނާއެކު ޖުމްލަ ހަތަރު މީހުން ރާއްޖެ ވަޑައިގެންނެވީ ރޭ މެންދަމުން އެނބުރިފަހުންނެވެ. ގޮޓާބަޔަ ރާއްޖެ ވަޑައިގެންނެވުމާއި ގުޅިގެން ސަރުކާރު މިހާތަނަށް އޮތީ ހ...