ރައްޔިތުންގެ މަޖިލިސް މެމްބަރުކަން ކޮށްފައިވާ ފަރާތްތަކަށް ދެމުން އަންނަނީ ނުބައްދަލު އިނާޔަތްތަކެއް ކަމަށް އެ އިނާޔަތްތައް ކަނޑާލަން މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) އިން ހުށަހަޅައިފިއެވެ.
އެމްއެންޕީން މިގޮތަށް ހުށަހަޅާފައި ވަނީ އެ ޕާޓީން ޕެންޝަން އުސޫލަށް ބަދަލު ގެންނަން ހުށަހެޅި މައްސަަ މަޖިލީހުން ބޭރުކޮށްލާފައިވަނިކޮށެވެ.
އެ ޕާޓީން ބުނީ 20 -30 އަހަރު ވަންދެން ސަރުކާރަށް ޚިދުމަތް ކޮށްދީފައިވާ ފަރާތްތަކަށް ނުލިބޭ ފަދަ އިނާޔާތްތަކެއް އެންމެ ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރާ ބަޔަކަށް ލިބުމަކީ އިންސާފެއް ނޫން ކަމަށެވެ.
އެ ޕާޓީން ބުނީ ދައުލަތަށް ޚިދުމަތް ކޮށްދޭ ފަރާތްތަކުގެ މެދުގައި ހަމަހަމަކަން އޮންނަން ވާނެ ކަމަށެވެ. އަދި ކުރީގެ މެމްބަރުންގެ އިނާޔަތް ކަނޑާލަން މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ވެސް އިންސާފުވެރިކަމާއި އެކު ޕެންޝަން ލިބޭނެ އުސޫލެއް ގާއިމްކުރުމަށް އެ ޕާޓީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބައެއް ކަމަށެވެ.
"މި ޕާޓީން ގަބޫލުކުރާ ގޮތުގައި ދައުލަތަށް ހިދުމަތް ކުރުމުން ހިދުމަތުގެ އިނާޔަތް ދިނުމުގައި ހަމަހަމަަކަން އޮންނަަންވާނެއެވެ. މިގޮތުން އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތަކީ އެކި
ގާނޫނުތަކުގެ ދަށުން ހިދުމަތުގެ އިނާޔަތުގެ ގޮތުގައި ދެވޭ ހިދުމަތް ބައްދަލު އިނާޔަތްތައް އުނިކުރުމެވެ"
ޕެންޝަންއާ ގުޅިގެން އެ ޕާޓީން މަޖިލީހަށް ހުށަހެޅި މައްސަލައަށް ބަހުސްވެސް ނުކޮށް ބޭރުކޮށްލާފައި ވާތީ އެ ޕާޓީން އަންނަނީ އެކަމުގައި ނުހަނު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެކަމާ ގުޅިގެން ދާދި ފަހުން ރައީސް ސޯލިހަށް ސިޓީއެއް ވެސް ފޮނުވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!