މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އެމްއެންޑީއެފް

526 Stories filed
ކޮލަމާ ބޯޓުގެ ކެޕްޓަން ނިޔާވެއްޖެ
Raajje

ކޮލަމާ ބޯޓުގެ ކެޕްޓަން ނިޔާވެއްޖެ

ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ކޮލަމާ ބޯޓުގެ ކެޕްޓަން ނިޔާވެއްޖެއެވެ. ކޮލަމާ ބޯޓުގެ ކެޕްޓަން ކޮލަމާފުށި، ދޮންވެލި އާދަމް ސައީދު (ސައީދުބެ) ނިޔާވެފައިވާ ކަމަށް ގއ. ހޮސްޕިޓަލުން އޭނާ ބެއްލެވި ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. މި ބޯޓު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ މިއަދު 13:35 ހާއިރުއެވެ. ބޯޓު ފެނުމުން ކެޕްޓަން ވަނީ ފުލުހުންގެ ލޯންޗެއްގައި ފަރުވާދިނުމަށް ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ ބޯޓާއި ގުޅުން ކެނޑުނީ ރޭ […]

ގެއްލިގެން ހޯދަމުން ދިޔަ ކޮލަމާ ބޯޓު ފެނިއްޖެ
Raajje

ގެއްލިގެން ހޯދަމުން ދިޔަ ކޮލަމާ ބޯޓު ފެނިއްޖެ

ކޮލަމާ” ބޯޓުގެ ޚަބަރެއް ނުވެގެން އުޅެނިކޮށް، އެ ބޯޓު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ލ. އަތޮޅުން ރޭ ފުރި ކޮލަމާ ބޯޓު ގެއްލިގެން އެމްއެންޑީއެފުން އާންމުންގެ އެހީތެރިކަމަށް އެދުނީ މިއަދު ހަވީރުއެވެ. އެ ބޯޓާއި ގުޅުން ކެނޑުނީ ރޭ 10:00 ހާއިރު ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށެވެ. ފުލުހުން ބުނީ، އެކެފަރަ ސަރަހައްދުން ކޮލަމާ ބޯޓު މެންދުރު 13:25 ހާއިރު ފެނިފައިވާ ކަމަށެވެ. އަދި ފުލުހުން އެ ސަރަަހއްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް […]

ތުލުސްދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި މީހަކު ނިޔާވެއްޖެ
Raajje

ތުލުސްދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި މީހަކު ނިޔާވެއްޖެ

ކ.ތުލުސްދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، މީހަކު ނިޔާވެއްޖެ އެވެ. އެމްއެންޑީއެފުން ބުނީ މިޙާދިސާގެ ރިޕޯޓު އެ އިދާރާގެ ކޯސްޓްގާޑަށް ލިބިފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. މި ދޯނީގައި ހަ މީހުން ދަތުރުކުރިއެވެ. އެތަނުން ފަސް މީހުން ފެނިފައިވާއިރު، އެކަކު ނުފެނިގެން ސިފައިންނާއި އާންމުން ގުޅިގެން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ. “ލިއޯ” ނަމަކަށް ކިޔާ ދޯނި ބަންޑުންޖަހާލައި ކަނޑުވި މީހުންގެ ތެރެއިން ގެއްލުނު މީހާ ފެނުނީ އެ މީހާ ހޯދުމުގެ މަސައްކަތަށް ތުލުސްދޫން ނުކުތް […]

މާލޭގެ ގެއެއްގައި އޭސީ އައުޓްޑޯރ ޔުނިޓެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް
News

މާލޭގެ ގެއެއްގައި އޭސީ އައުޓްޑޯރ ޔުނިޓެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް

މާލޭގެ ގެއެއްގައި އޭސީ އައުޓްޑޯރ ޔުނިޓެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މާލޭގެ މާފަންނު އަފްޒާ ގޭގައެވެ. އަލިފާން ރޯވީ އެ ގޭގެ 6 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީގައި ހަރުކޮށްފަ ހުރި އޭސީ އައުޓްޑޯރ ޔުނިޓެއްގައެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 07:43 ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ […]

މާލޭ ބަންޑާރަ މިސްކިތުގައި އަލިފާނުގެ ހާދިސާއެއް
Raajje

މާލޭ ބަންޑާރަ މިސްކިތުގައި އަލިފާނުގެ ހާދިސާއެއް

މާލޭގެ ބަންޑާރަ މިސްކިތުގެ ސީލިންގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މިއަދު ހެނދުނު ހިނގި މި ހާދިސާއާއި ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 10:25 ގައި ކަމަށެވެ. ”މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލައިފައި” އެމްއެންޑީއެފުން ބުންޏެވެ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް ވެސް އ...

ރާއްޖެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގެންފި
Raajje

ރާއްޖެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގެންފި

ގަވާއިދާއި ޚިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަތް މަސްބޯޓެއް އަތުލައިގެންފިއެވެ. އެމްއެންޑީއެފުން ބުނީ، ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަނިކޮށް ބޭރުގެ މަސްބޯޓެއް އަތުލައިގަނެ، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. 6 މީހުންނާއެކު އަތުލައިގަތް މި ބޯޓު ފެނިފައިވަނީ ކ.ދިއްފުށްޓާ ދިމާ އިރުމަތިން ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުންކަމަށް އެ ޤައުމީ ދިފާއީ ބާރުން ބުނެފަވެއެވެ. އެއީ ކޮން ޤައުމެއްގެ...

ތުރުކީން ހަދިޔާކުރި މަނަވަރު "ދަރުމަވަންތަ" ޤައުމީ ދިފާޢީ ބާރާ ހަވާލުކޮށްފި
Raajje

ތުރުކީން ހަދިޔާކުރި މަނަވަރު "ދަރުމަވަންތަ" ޤައުމީ ދިފާޢީ ބާރާ ހަވާލުކޮށްފި

ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު، “ދަރުމަވަންތަ” ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ މިރޭ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު އެވެ. މިކަމަށްޓަކައި ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ދިފާޢީ ވަޒީރު މުޙައްމަދު ޢައްސާން މައުމޫން އަދި ޗީފް އ...

ކުޑަރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައި ރޯވެއްޖެ
Raajje

ކުޑަރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައި ރޯވެއްޖެ

އެންއެޗް މޯލްޑިވްސް ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި ރޯވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި ރޯވެގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން މްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރމަނުން އެ ރިސޯޓަށް ދިޔުމަށް ދަތުރުކުރަމުން އަންނަކަމަށެވެ. މި ވަގުތު އެ ރިސޯޓުގެ ފަޔަރ ޓީމެއް އެ ވޯޓާ ވިލާގައި ރޯވި އަލިފާން ނިއްވާލުމަށް ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނ...

ތުރުކީން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ މަނަވަރު ރާއްޖެ އަށް
Raajje

ތުރުކީން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ މަނަވަރު ރާއްޖެ އަށް

ތުރުކީވިލާތުން ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް ހަދިޔާކުރި ޑޯގަން ކްލާހުގެ އަސްކަރީ މަނަވަރު އިއްޔެ ރާއްޖެ އަށް ފޯރައިފިއެވެ. މި މަނަވަރު ރާއްޖެ އަށް ގެނެސްފައިވާއިރު، މި މަނަވަރު ބޭނުންކުރަން ފެށުމަށް މި މަނަވަރު އިފްތިތާހް ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމާފައިވާކަމަށް މައުލޫމާތު ލިބެއެވެ. މި މަނަވަރު ރާއްޖެ ގެނެސްފައިވާކަން ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައި ނުވިނަމަވެސް، ސަރުކާރުގެ ބައެއް އިސްވެރިން މީސްމީޑިއާގައި އިއްޔެ ވަނީ މި މަނަވަރުގެ ފޮޓޯ ހިމަނައި، ރާއްޖެ އާއި ތުރުކީ...

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
Raajje

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފުން މި އިލްތިމާސްކޮށްފައި ވަނީ މޫސުމާ ބެހޭ އިދާރާއިން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުން ބާރުގަދަވެ، މުޅި ރާއްޖެއަށް ވިއްސާރަވެ، އާންމު ގޮތެއްގައި ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީއެވެ. މި ދުވަސްވ...

އިންޖީނު ހުއްޓި ހާލުގައި ޖެހުނު ބޯޓެއްގެ 25 ފަސިންޖަރުން ނައިފަރަށް
Raajje

އިންޖީނު ހުއްޓި ހާލުގައި ޖެހުނު ބޯޓެއްގެ 25 ފަސިންޖަރުން ނައިފަރަށް

މާލެއިން ފުރައިގެން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ “ލައިފްލައިން” ނަމަކަށް ކިޔާ ބޯޓެއް ކާށިދޫގެ އިރުމަތީ ސަރަހައްދުގައި އިންޖީނު ހުއްޓުމާ ގުޅިގެން، އެ އުޅަނދުގައި ތިބި 25 ފަސިންޖަރުން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ ނައިފަރަށް ގެންގޮސްދީފައެވެ. އެމްއެންޑީއެފުން މައުލޫމާތު ދިންގޮތުގައި، 40 މީހުންނާއެކު ދަތުރުކުރަމުންދިޔަ މި އުޅަނދު ހާލުގައި ޖެހިގެން ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައިވަނީ މިއަދު ހެނދުނު 8:15 ގައެވެ. އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކ...

ރައީސް ސަލާމަތީ ބާރުތަކާއި ބައްދަލުކުރައްވައި ޚިދުމަތުގެ މެޑެލި ދެއްވައިފި
Raajje

ރައީސް ސަލާމަތީ ބާރުތަކާއި ބައްދަލުކުރައްވައި ޚިދުމަތުގެ މެޑެލި ދެއްވައިފި

ދިވެހިރާއްޖޭގެ މިނިވަންދުވަހާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ސިފައިންނާއި ފުލުހުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައެވެ. މި ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި، ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އަދި ޕޮލީސް ކޮމިޝަނަރ އިސްމާޢީލް ނަވީންއެވެ. މި ރަސްމިއްޔާތަށް ވަ...

މިނިވަން ދުވަހު އެމްއެންޑީއެފް އިން ބާއްވާ މަގުމަތީ ހިނގާލުން މާލެއާއި ހުޅުމާލޭގައި
Raajje

މިނިވަން ދުވަހު އެމްއެންޑީއެފް އިން ބާއްވާ މަގުމަތީ ހިނގާލުން މާލެއާއި ހުޅުމާލޭގައި

ދިވެހިރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބާއްވާ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލެއާއި ހުޅުމާލޭގައި ކަމަށް ބުނެފި އެވެ. އެމްއެންޑީއެފުން ބުނެފައިވަނީ މާލޭގައި ބާއްވާ މަގުމަތީ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 26 ވަނަ ދުވަހުގެ ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވޭ މާޗް ޕާސްޓާއި ކުޅިވަރު ހަރަކާތްތަކާ އެކުގައެވެ. އަދި ހުޅުމާލޭގައި ބާއްވާ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައ...

ވ.އަތޮޅުގައި ފަރަށް އަރާފައި އޮތް ބޯޓު ފަރުން ނެއްޓިގެން އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ
Raajje

ވ.އަތޮޅުގައި ފަރަށް އަރާފައި އޮތް ބޯޓު ފަރުން ނެއްޓިގެން އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

ވ.އަތޮޅުގައި ފަރަށް އަރާފައި އޮންނަ ބޯޓު ފަރުން ނެއްޓިގެން އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ. މި ބޯޓަކީ ވ. ކެޔޮދޫ ކައިރީގައި ފަރަށް އަރާފައި އޮތް ބޯޓެކެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މި ބޯޓު މިހާރު ވަނީ ފަރުން ނެއްޓިގެން އޮޔާދާން ފަށާފައެވެ. މި ބޯޓު އޮޔާދަނީ އެ އަތޮޅުގެ ތެރެއިން ހުޅަނގު އުތުރަށެވެ. އެހެންވެ ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. މިބޯޓު އޮޔާދާނެ ކަމަށް އެމްއެންޑީއެފުން ލަފާކޮށްފައި ވަނީ ވ.އަތޮޅު ތެރެއިން ގޮސް އަލިހުރަސް...

ސީޕްލޭން ޕްލެޓްފޯމެއް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ
Raajje

ސީޕްލޭން ޕްލެޓްފޯމެއް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

ސީޕްލޭން ޕްލެޓްފޯމެއް ކަނޑައިގެންގޮސް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ ކަނޑައިގެން އޮޔާދަނީ ރ. އަތޮޅު މާމުނަގައު ރިސޯޓްގެ ފަޅުތެރޭގައި އަޅާފައި އޮތް ސީޕްލޭން ޕްލެޓްފޯމެއް ކަމަށެވެ. އެމްއެންޑީއެފުން ލަފާކުރާގޮތުގައި މި ޕްލެޓްފޯމް އޮޔާދާނެކަމަށް ބެލެވެނީ ކާށިދޫ ކަނޑުތެރެއަށެވެ. ”އެހެންކަމުން މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރަން،” އެމްއެންޑީއެފުން ބުންޏެވެ. އެ ޕްލެޓްފޯމް ކަނޑައިގެންގޮސް އޮޔާދާތީ...