އެންއެޗް މޯލްޑިވްސް ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި ރޯވެގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން މްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރމަނުން އެ ރިސޯޓަށް ދިޔުމަށް ދަތުރުކުރަމުން އަންނަކަމަށެވެ.
މި ވަގުތު އެ ރިސޯޓުގެ ފަޔަރ ޓީމެއް އެ ވޯޓާ ވިލާގައި ރޯވި އަލިފާން ނިއްވާލުމަށް ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:52 ހާއިރުކަމަށް އެ އިދާރާއިން ބުންޏެވެ. އަދި، ފަޔަރމަނުން އެ ރިސޯޓަށް ދިޔުމަށް މާލެއިން ފުރާފައިވަނީ 11:05 ހާއިރު ކަމަށް ވެސް ބުންޏެވެ.
މި ހާދިސާގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
ކުޑަރަށް ރިސޯޓްގައި ބީޗްވިލާ އާއި، ޕޫލް ހިމެނޭ ވިލާތަކާއި އަދި ސުއިޓްތައް ހިމެނޭހެން 51 ތަން ހުރެއެވެ.
އެ ރިސޯޓަށް ސީ ޕްލޭންގައި ވީއައިއޭ އިން ފުރައިގެން ދާން 25 މިނިޓް ހޭދަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!