ގަވާއިދާއި ޚިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަތް މަސްބޯޓެއް އަތުލައިގެންފިއެވެ.
އެމްއެންޑީއެފުން ބުނީ، ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަނިކޮށް ބޭރުގެ މަސްބޯޓެއް އަތުލައިގަނެ، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
6 މީހުންނާއެކު އަތުލައިގަތް މި ބޯޓު ފެނިފައިވަނީ ކ.ދިއްފުށްޓާ ދިމާ އިރުމަތިން ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުންކަމަށް އެ ޤައުމީ ދިފާއީ ބާރުން ބުނެފަވެއެވެ.
އެއީ ކޮން ޤައުމެއްގެ ބޯޓެއްކަމެއް ޤައުމީ ދިފާއީ ބާރަކުން އަދި ހާމަކޮށްފައެއްނުވެއެވެ.
ބޭރުގެ މަސްބޯޓުތައް ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން މަސްވެރިކަންކުރާ މައްސަލައަކީ ދޭތެރެދޭތެރެއިން ފާހަގަ ކުރެވޭކަމެކެއެވެ.
މިފަދަ ބޯޓުތައް ފެނުމުން ދިވެހި މަސްވެރިން ވެސް އަންނަނީ އެކަމުގައި ވަރަށް ބޮޑަށް އެހީތެރިވެ، އެކަމުގެ ރިޕޯޓު ސިފައިންނަށް ކުރަމުންނެވެ.
ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަޙައްދަށް ވަދެ ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުމަކީ ގާނޫނީ ކުށަކަށްވާއިރު، ދާ ޖަހައިގެން މަސްވެރިކުރުމާއި، އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމާއި، އެންވެރިކަން ފިޔަވައި، ދާ ބޭނުންކޮށްގެން މަސްވެރިކަން ކުރުމާއި ގޮވާއެއްޗެއް ނުވަތަ ވިހައެއް ނުވަތަ ކެމިކަލްއެއް ބޭނުންކޮށްގެން ފަދަގޮތްތަކަށް މަސްވެރިކަން ކުރުމަކީ މަސްވެރިކަމުގެ ގާނޫނާ ހިލާފުވާކަންކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!