މާލޭގެ ގެއެއްގައި އޭސީ އައުޓްޑޯރ ޔުނިޓެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މާލޭގެ މާފަންނު އަފްޒާ ގޭގައެވެ. އަލިފާން ރޯވީ އެ ގޭގެ 6 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީގައި ހަރުކޮށްފަ ހުރި އޭސީ އައުޓްޑޯރ ޔުނިޓެއްގައެވެ.

Ad
rt

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 07:43 ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރިމަސައްކަތުން އައުޓް ޑޯ ޔުނިޓްގައި ރޯވި އަލިފާން ނިންވާލާފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެޕާޓްމަންޓު ތެރެއަށް އަލިފާން ފެތުރި، އެކި ވަރުގެ ގެއްލުން ލިބިފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މި ހާދިސާއާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އަފްޒާ 6 ވަނަ ފްލޯގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެެން އުޅޭތީ އެ އޮތޯރިޓީން އެކަން ބަލަމުން އަންނަކަމަށެވެ.