މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އެމްއެންޑީއެފް

526 Stories filed
ދިފާޢީ ބާރުގެ އެއަރ ސްޓޭޝަން ޤާއިމުކޮށް ޚިދުމަތް ފެށުމަށް ރައީސް އަންގަވައިފި
Raajje

ދިފާޢީ ބާރުގެ އެއަރ ސްޓޭޝަން ޤާއިމުކޮށް ޚިދުމަތް ފެށުމަށް ރައީސް އަންގަވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން، ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) ގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، އެ ޚިދުމަތްތައް ފެށުމަށް މިއަދު އަންގަވައިފިއެވެ. މި ނިންމެވުމަކީ ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދު ދިފާޢުކޮށް، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށް އަޅުއްވާފައިވާ މުހިންމު ފިޔަވަޅެކެވެ. ރައީސް މި ޤަރާރު ނެރުއްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ސިފައިންގެ ޤާނޫނުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރާއި އިޚުތިޔާރުގެ...

ކޮޅުވެއްޓި ބަންޑުން ޖަހައިލުން: ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ އަދަދު 6 އަށް
Raajje

ކޮޅުވެއްޓި ބަންޑުން ޖަހައިލުން: ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ އަދަދު 6 އަށް

މިއަދު މާލޭގެ އެމްޕީއެލް އާއި ދިމާ ބޭރަށް ކޮޅުވެއްޓިއެއް ބަނޑުން ޖަހާލި ހާދިސާގައި މިހާތަނަށް 6 މީހަކު ފަރުވާދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި މި ހަ މީހުންގެ ތެރޭގައި ހިމެނެނީ 4 ފިރިހެނުންނާއި ދިވެއްސެކެވެ. މިހާދިސާގައި ގެއްލުނު މީހާ ކޮޅުވެއްޓި ތެރެއިން ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ފަޅުވެރިއަކު ގެއްލިގެން ހޯދަނީ މިހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވައި ވަނީ މިއަދު މެންދުރ...

ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ފަޅުވެރިއަކު ގެއްލިގެން ހޯދަނީ
Raajje

ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ފަޅުވެރިއަކު ގެއްލިގެން ހޯދަނީ

ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ފަޅުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. މެރިން ޕޮލިހުން ބުނިގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މާލޭ އެމްޕީއެލް އާއި ދިމާ ބޭރުގައެވެ. މި ހާދިސާގައި ތިން ފަޅުވެރިއަކު ވަނީ ފަރުވާދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެކަކު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ. 16:58 ހާއިރު އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދި މީހާ ސިފައިންގެ ޑައިވަރުން ހޯދައި، އެމީހާ ”ނަގާފައިވާ” ކަމަށެވެ.  

ލޭންޑިން ކްރާފްޓް ހާދިސާ: ތިންވަނަ މީހާގެ ހަށިގަނޑު އޮޔާދަނިކޮށް ފެނިއްޖެ
Raajje

ލޭންޑިން ކްރާފްޓް ހާދިސާ: ތިންވަނަ މީހާގެ ހަށިގަނޑު އޮޔާދަނިކޮށް ފެނިއްޖެ

ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައި 3 މީހުން ގެއްލުނު ހާދިސާގައި ގެއްލުނު މީހުން ހޯދަމުން އަންނަނިކޮށް ތިންވަނަ މީހާގެ ހަށިގަނޑުވެސް ފެނިއްޖެއެވެ. އެމްއެންޑީއެފުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ 3 ވަނަ މީހާގެ ހަށިގަނޑުވެސް ފެނިފައިވާ ކަމަށެވެ. ”ބަންޑުން ޖަހާލައި، އަޑިއަށް ދިޔަ “އަލްމާކް-ފިޔަ” ލޭންޑިންގ ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ ތިންވަނަ މީހާގެ ހަށިގަނޑު ވަނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ފެނިފައި” އެމްއެންޑީއެ...

ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވެ ގެއްލުންވެއްޖެ
Raajje

ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވެ ގެއްލުންވެއްޖެ

ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ރޯވެ ގެއްލުންވެއްޖެއެވެ. އެމްއެންޑީއެފުން ބުނިގޮތުގައިމިތަނުގައި ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން މިހާރު ވަނީ ނިއްވާލަފައެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު ހުޅުމާލެ ފޭސް 1ގެ ލޮޓް 10066 އެޕާޓްމަންޓްގައެވެ. މި ހާދިސާގެ މަޢުލޫމާތު ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު ހެނދުނު 08:49 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު ވަގުތުން ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައ...

ނަސްރު ބޯޓު ދިޔަވެ އަޑިއަށް، ދަތުރުވެރިން ސަމާލުވުމަށް އެދިއްޖެ
Raajje

ނަސްރު ބޯޓު ދިޔަވެ އަޑިއަށް، ދަތުރުވެރިން ސަމާލުވުމަށް އެދިއްޖެ

މުދާ ބަރުކޮށްގެން، 5 މީހުންނާއެކު މާލެ އިން ފުރައިގެން ދަތުރު ކުރަމުންދިޔަ “ނަސްރު ބޯޓު” ދިޔަވެ އަޑިއަށް ހިނގައްޖެއެވެ. މާލެއިން ފުރައިގެން ޅ.ނައިފަރަށް ދަތުރުކުރި މި ބޯޓަށް ދިޔަވާން ފެށުމުން ސިފައިން ވަނީ އެ ބޯޓުގައި ތިބި ފަސް މީހުން ސަލާމަތްކޮށްފައެވެ. ބޯޓުން ދަތުރުކޮށްފައިވަނީ 2 ދިވެހިންނާއި 3 ބިދޭސީންނެވެ. ފުލުހުން ބުނިގޮތުގައި މި ބޯޓު ވަނީ މިއަދު މެންދުރު 13:22 ހާއިރު އަޑިއަށް ގޮސްފައެވެ. ބޯޓު އަޑިއަށް ގޮސްފައިވަނީ ކ. ކާށިދޫ އާއި ޅ. އަތޮޅާ […]

ލޭންޑިން ކްރާފްޓް ހާދިސާ: ހޯދަމުން ދިޔަ އިތުރު މީހަކު ކަނޑު އަޑިން ފެނިއްޖެ
Raajje

ލޭންޑިން ކްރާފްޓް ހާދިސާ: ހޯދަމުން ދިޔަ އިތުރު މީހަކު ކަނޑު އަޑިން ފެނިއްޖެ

ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައި 3 މީހުން ގެއްލުނު ހާދިސާގައި ގެއްލުނު މީހުން ހޯދަމުން އަންނަނިކޮށް ދެވަނަ މީހާ ކަނޑު އަޑިން ފެނިއްޖެއެވެ. ފުލުހުން ބުނިގޮތުގައި ދެވަނަ މީހާ ވަނީ 15:45 ހާއިރު ކަނޑު އަޑިން ސިފައިންގެ ޑައިވަރުން ނަށް ފެނިފައެވެ. އެމީހާ ވެސް ފެނުނީ ނިޔާވެފައި އޮއްވައެވެ. ފުލުހުން ބުނިގޮތުގައި އެއީ އިންޑިއާ އަށް ނިސްބަތްވާ މީހެކެވެ. މި ހާދިސާގައި ގެއްލުނު އެކަކު އަދިވެސް ނުފެންނައިރު، އޭނާ ހޯދުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ. އެއީ ސްރީލަންކާ […]

ލޭންޑިން ކްރާފްޓް ހާދިސާ: ގެއްލުނު އެކަކު ހަށިގަނޑު ކަނޑު އަޑިން ނަގައިފި
Raajje

ލޭންޑިން ކްރާފްޓް ހާދިސާ: ގެއްލުނު އެކަކު ހަށިގަނޑު ކަނޑު އަޑިން ނަގައިފި

ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައި 3 މީހުން ގެއްލުނު ހާދިސާގައި ގެއްލުނު މީހުން ހޯދަމުން އަންނަނިކޮށް އެކަކުގެ ހަށިގަނޑު ކަނޑު އަޑިން ނަގައިފިއެވެ. ބަންޑުން ޖަހާލާފައި ވަނީ މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި “އަލްމާކް-ފިޔަ” ނަމަކަށް ކިޔާ އެ ލޭންޑިން ކްރާފްޓެކެވެ. އެމްއެންޑީއެފުން ބުނިގޮތުގައި އެ ލޭންޑިން ކްރާފްޓް މިހާރު ވަނީ އަޑިއަށް ގޮސްފައެވެ. ”އެ އުޅަނދުން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ކަނޑުގެ އަޑިން ނަގާފައި،” އ...

ވަޠަނީ ޚިދުމަތް އިފްތިތާހުކޮށްފި
Raajje

ވަޠަނީ ޚިދުމަތް އިފްތިތާހުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ވަޠަނީ ޚިދުމަތް މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ. ޅ. މާފިލާފުށީގައި ހުންނަ ދިވެހި ޤައުމީ ދިފާޢީ ބާރުގެ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ދިވެހި ވަޠަނީ ޚިދުމަތް އިފްތިތާޙުކޮށްދެވުމަށްފަހު، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ވަޠަނީ ޚިދުމަތުގެ ދިދަ ހަވާލުކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ފުރ...

އެމްއެންޑީއެފުން ކަނޑު އުޅަނދުފަހަރު ޗެކްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް ފަށައިފި
Raajje

އެމްއެންޑީއެފުން ކަނޑު އުޅަނދުފަހަރު ޗެކްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް ފަށައިފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މި އޮޕަރޭޝަން ފެށުމުގެ މައިގަނޑު ސަބަބަކީ ލައިސަންސް ނެތި ކަނޑު އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި، ކަނޑުމަތީގެ ސަލާމަތާ ބެހޭ ގަވާއިދުތަކުގައިވާ ސަލާމަތީ ކަންކަން ފުރިހަމަނުކޮށް އުޅަނދުފަހަރު ދުއްވުން ފަދަ ކަންކަން އިތުރުވެ، ނުރައްކާތެރި ހާދިސާތައް ގިނަވަމުން ދިއުމެވެ. އެމްއެންޑީއެފުން މަޢުލޫމާތުދިންގޮތުގައި މި އޮޕަރޭޝަންގެ ދަށުން ދަތުރުކ...

ބާޒާރުމަތީ ގުދަނެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި
Raajje

ބާޒާރުމަތީ ގުދަނެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ބާޒާރުމަތީ ޑޯން ކެފޭ ކައިރީގައި ހުންނަ އިމާރާތެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ”ލިލީ އެފް އެންޑް ބީ ސަޕްލަޔާޒް 1 ބާޒާރު”ގައެވެ. މިތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައި ވަނީ ރޭ މެންދަމުއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ ރޭ 01:00 ގައެވެ. މިތަކުގައި...

އިންޑިއާގެ ކާގޯ ބޯޓުން ކަނޑަށްވެއްޓުނު މީހާގެ ހަށިގަނޑު ފޭދޫފިނޮޅު ކައިރިން ފެނިއްޖެ
Raajje

އިންޑިއާގެ ކާގޯ ބޯޓުން ކަނޑަށްވެއްޓުނު މީހާގެ ހަށިގަނޑު ފޭދޫފިނޮޅު ކައިރިން ފެނިއްޖެ

‏އިންޑިއާގެ ކާގޯ ބޯޓުން ކަނޑަށްވެއްޓިގެން ހޯދަމުން ދިޔަ މީހާގެ ހަށިގަނޑު ފޭދޫފިނޮޅު ކައިރިން ފެނިއްޖެއެވެ. ‏ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓު “އެމްއެސްވީ ޑައުލާ”އިން އިންޑިއާގެ ރައްޔިތަކު ކަނޑަށް ވެއްޓިގެން، އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރަމުން އަންނަކަމަށް އެ އިދާރާއިން ވަނީ ހޯމަ ދުވަހު ބުނެފައެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުނީ ހޯމަ ދުވަހުގެ 23:35 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ކުރިން ބުނެފައެވެ. […]

މެގަ ހޯރަ ބޯޓު ފުންކޮށްފި
Thiladhunmathi News

މެގަ ހޯރަ ބޯޓު ފުންކޮށްފި

ރޭގެ ވަގުތެއްގައި ނ.އަތޮޅު ފަރަކަށް އެރި ހއ. ދިއްދޫ މެގަ ހޯރަ ބޯޓް މިއަދު ހެނދުނު ފުންކޮށްފިއެވެ. މި ބޯޓު ފުންކޮށްފައި ވަނީ މިއަދު ހެނދުނު 9:20 ހާއިރުކަމަށް މައުލޫމާތު ލިބިއެވެ. ރޭ މި ބޯޓު ފަރަށް އެރިއިރު 61 މީހުން ބޯޓުގައި ދަތުރުކުރިއެވެ. މި ބޯޓު ފުން ކުރުމަށް ބޯޓުގައި ހުރި ބަރު މުދާތައް ވަނީ ކަންނެލި ދެ ދޯންޏަކަށް އަރުވާފައެވެ. ބޯޓަކީ އާންމުކޮށް ދިއްދޫ – ވަށަފަރު – ހަނިމާދޫ – މާލެ ރޫޓުން […]

މެގަ ހޯރަ ބޯޓު ފަރަށްއެރުން: ސިފައިން ހަރަކާތްތެރިވާން ފަށައިފި
Raajje

މެގަ ހޯރަ ބޯޓު ފަރަށްއެރުން: ސިފައިން ހަރަކާތްތެރިވާން ފަށައިފި

ރޭގެ ވަގުތެއްގައި ނ.އަތޮޅު ފަރަކަށް އަރާފައިވާ ހއ. ދިއްދޫ މެގަ ހޯރަ ބޯޓަށް އެހީތެރިވުމުގެ މަސައްކަތް ފަށާފައިވާކަމަށް ސިފައިން ބުނެފިއެވެ. މެގަ ހޯރަ މާލޭގެ ނޯތު ހާބަރުން ފުރީ އިއްޔެ ހެނދުނު 11:59 ގައެވެ. އެ ބޯޓު ފަރަށް އަރާފައި ވަނީ ރޭ 12:10 ޖަހާކަށް ހާއިރުއެވެ. މި ބޯޓަކީ އާންމުކޮށް ދިއްދޫ – ވަށަފަރު – ހަނިމާދޫ – މާލެ ރޫޓުން ދަތުރުތައް ކުރަމުން އަންނަ 98 ފޫޓްގެ އުޅަނދެކެވެ. ދިއްދޫ މެގަ ހޯރަ ބޯޓު […]

ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާ 340 ޒުވާނުން މާފިލާފުށްޓަށް
Raajje

ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާ 340 ޒުވާނުން މާފިލާފުށްޓަށް

ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބުރަށް ހޮވުނު 340 ޒުވާނުން މިއަދު ޅ. މާފިލާފުށްޓަށް ފުރައިފިއެވެ. މި ޒުވާނުން މާފިލާފުށީގައި ތިން މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރާނެއެވެ. ދިފާޢީ ވުޒާރާގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހު އިޢުލާން ކުރެއްވި ޕްރޮގްރާމެކެވެ. ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިތާ ދެމަސްތެރޭ 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލާފައިވާކަމަށް ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދެއެވެ. ދި...