މާލޭގެ ބަންޑާރަ މިސްކިތުގެ ސީލިންގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިއަދު ހެނދުނު ހިނގި މި ހާދިސާއާއި ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 10:25 ގައި ކަމަށެވެ.
''މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލައިފައި'' އެމްއެންޑީއެފުން ބުންޏެވެ
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.
މާލޭގެ ބަންޑާރަ މިސްކިތުގެ ސީލިންގައި ރޯވާން މެދުވެރި ސަބަބެއް އަދި ސާފެއްނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!