ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ކޮލަމާ ބޯޓުގެ ކެޕްޓަން ނިޔާވެއްޖެއެވެ.

ކޮލަމާ ބޯޓުގެ ކެޕްޓަން ކޮލަމާފުށި، ދޮންވެލި އާދަމް ސައީދު (ސައީދުބެ) ނިޔާވެފައިވާ ކަމަށް ގއ. ހޮސްޕިޓަލުން އޭނާ ބެއްލެވި ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

Ad
rt

މި ބޯޓު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ މިއަދު 13:35 ހާއިރުއެވެ.

ބޯޓު ފެނުމުން ކެޕްޓަން ވަނީ ފުލުހުންގެ ލޯންޗެއްގައި ފަރުވާދިނުމަށް ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެ ބޯޓާއި ގުޅުން ކެނޑުނީ ރޭ 10:00 ހާއިރު ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށެވެ.

ނުރަސްމީ މައުލޫމާތުތަކުން އެނގިފައިވާގޮތުގައި ބޯޓުގެ އިންޖީނު ރޫމަށް ފައިބައިގެން އުޅެނިކޮށް ކެޕްޓަނަށް ސިއްހީ މައްސަލައެއް ދިމާވީއެވެ. ކެޕްޓަން ބޯޓުގެ އިންޖީނު ރޫމަށް ފޭބީ ބޯޓުގެ އޮޓޯ ޕަމްޕަށް ދިމާވި މައްސަލައެއް ހައްލުކުރުމަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ނަމަވެސް ބޯޓު ގެއްލުނީ ކީއްވެގެންކަަމާއި، ބޯޓު ކެޕްޓަނަށް ދިމާވި ސިއްޙީ މައްސަލައިގެ އެއްވެސް ތަފްސީލު ފުލުހުން އަދި ހާމައެއްނުކުރެއެވެ.