އަލިފާނުގެ ހާދިސާ: ނިޔާވި މީހުންގެ އަދަދު 9 އަށް އަރައިފި
މާލޭގެ ގެއެއްގައި ހުރި ގަރާޖެއްގައި ރޭ އަލިފާން ރޯވި ހާދިސާގައި ނިޔާވި މީހުންގެ ޢަދަދު 9 އަށް އަރައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ ނިޔާވެފައިވާ އިތުރު މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. ”ނިޔާވެފައިވާ މީހެއްގެ ހަށިގަނޑު ދާދި ދެންމެއަކު ވަނީ ފެނިފައި، މިހާރު ނިޔާވި މީހުންގެ އަދަދަކީ 9” އެމްއެންޑީއެފުން ވިދާޅުވިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ވަނީ ރޭގެ ހާދިސާގައި މިހާތަނަށް 9 މީހަކު ނިޔާވެފައިވާ ކަމަށް ވިދާޅުވެފައިއެވެ. ރޭގައި އަލިފާން ރޯވީ މާލޭ މާފަންނު، ނިރުފެހި […]