ވިލިފުށި ފަޅު ތެރޭގައި އޮތް އުޅަނދެއްގައި އަލިފާން ރޯވެއްޖެ
ތ. ވިލިފުށި ފަޅު ތެރޭގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، ވިލިފުށި ފަޅު ތެރޭގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ކައްދޫގައި ހުންނަ ފަޔަރސްޓޭޝަނަށް ވަނީ އެ މައުލޫމާތު ލިބިފައެވެ. ”މިހާރު އެރަށަށް ފަޔަރ ސްޓޭޝަންގެ ޓީމު ދަނީ ދަތުރު ކުރަމުން” އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާ ހިނގާފައި ވަނީ ގާތްގަނޑަކަށް އިރު އޮއްސި 6:15 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާގެ އިތުރު މައުލޫމާތު […]