ގދ. ނަޑެއްލާ ކަރިން ބޭރުގެ ބޯޓެއް ފަރަށް އަރައިގެން ފުލުހުންނާއި އެމްއެންޑީއެފް ހަރަކާތްތެރިވާން ފަށައިފި އެވެ.

މިކަން ސާފުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި ދެއްނެވުމުން، އެ ޚިދުމަތުން ''ތިލަދުން'' އަށް ވިދާޅުވީ، އެ ހާދިސާގެ މައުލޫމާތު އިއްޔެ އިރުއޮއްސި 18:21 ހާއިރު ލިބިފައިވާ ކަމަށެވެ.

Ad
rt

އެ ބޯޓުގައި ތިބީ ޕާކިސްތާނަށް ނިސްބަތްވާ 10 މީހުން ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

އެ މީހުން މިވަގުތު ތިބީ ނަޑެއްލާގައި ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ވިދާޅުވި އެވެ.

ފުލުހުން އިތުރަށް ވިދާޅުވީ ބޯޓު ފަރަށް އަރާފައިވާ ސަރަހައްދުގައި އެމްއެންޑީއެފް އާއި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.