މާލޭގެ ގެއަކުން ދުން އަރާތީ ސަލާމަތީ ބާރުތަކުން ގޮސް ބެލިއިރު ބަނގުރާ ކައްކާ ސާމާނު ފެނިއްޖެ އެވެ.

ފުލުހުން ދާދި ދެންމެ ވިދާޅުވީ ހެންވޭރު ރޯޝަނީ މަގުގައި ހުރި ގެއަކުން ދުން އަރާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 06:12 ހާއިރު، ލިބުމުން އެމްއެންޑީއެފާއި ފުލުހުން އެ ގެއަށް ގޮސް ދޮރުގައި ތެޅުމުން އެއްވެސް މީހަކު ދޮރު ހުޅުވާފައި ނުވާ ކަމަށެވެ.

Ad
rt

އެހެންކަމުން ބާރުގެ ބޭނުންކޮށްގެން އެ ގެއަށް ވަދެފައިވާ ކަމަށާއި އެ ގޭތެރެއިން ދުން އަރަމުންދިޔައީ ބަނގުރާ ކައްކަމުންދާތީކަން އެނގުނު ކަމަށެވެ. އަދި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ގިނަ ސާމާނުތަކެއް އެ ގޭތެރެއިން ފެނުނު ކަމަށެވެ.

އެހެންނަމަވެސް މި އޮޕަރޭޝަނުގައި މިހައިތަނަށް މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

އެ ސަރަހައްދުގައި ފުލުހުން އަދިވެސް އަންނަނީ ހަރަކާތްތެރިވަމުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.