ހެންވޭރުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ހ. މިރާޒު ނަމަކަށް ކިޔާ ގޭގައި ކަމަށެވެ.
އެ ސަރަހައްދުގައި އެ އިދާރާގެ ފަޔަރ އެންޑް ރެސްކިއު ޓީމު ހަރަކާތްތެރިވަމުން އަންނަކަަމަށް ވިދާޅުވި އެވެ.

މި ހާދިސާ އާ ގުޅޭ އިތުރު މައުލޫމާތު ލިބޭ ވަރަކުން މީޑިއާ އާ ހިއްސާ ކުރައްވާނެ ކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފަ އެވެ.
އެ ސަރަހައްދުގައި ހުރި 'ތިލަދުން' ގެ ނޫސްވެރިޔާ ވިދާޅުވީ އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށެވެ. އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު އަދިލިބިފައި ނުވާ ކަމަށެވެ. އަދި އަލިފާން ރޯވެފައިވަނީ ގުދަނެއްކަހަލަ ގޮތަކަށް ހަދާފައިވާ ތަނެއްގައި ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ހާދިސާގައި އަލިފާންރޯވި ތަނާއި ޖެހިގެން ހުރި ހެންވޭރު ހެދޭތުނޑި ނަމަކަށް ކިޔާ ގޭގެ ފާރަށް ވަރަށްބޮޑަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ފޮރެންސިކް ޓީމުން އެ ސަރަހައްދުގައި ހަރާކާތްތެރިވަމުން އަންނަކަމަށް ވެސް ވިދާޅުވި އެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އަލިފާން ރޯވާން ދިމާވީ ވެލްޑިންގ ކުރަން އުޅުމުގެ ތެރޭގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!