މާލޭގެ ގަރާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ، މާލޭ އިސްކަންދަރު މަގާއި، ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް މިރޭ 12:27 ހާއިރު ލިބިފައިވާ ކަމަށެވެ.

Ad
rt

''އަލިފާން ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުން'' މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ފުލުހުންގެ ޚިދުމަތުން ވިދާޅުވެފަ ވެއެވެ.

ގަރާޖުގައި ރޯވެ އަނދަނީ، ފުލުހުންނާއި ސިފައިން ދަނީ އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުން، ފޮޓޯ: އެމްއެންޑީއެފް

މި ހާދިސާއާއި ގުޅިގެން މީޑިއާތަކަށް ފޮނުއްވި މެސެޖުގައި އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅެނީ މާލޭގެ މާވެޔޮ މަގުގައި ހުރި ގެއެއްގައެވެ. އަދި އެ ގޭގައި ރޯވި އަލިފާން ނިއްވާލުމަށް ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

''އަލިފާނުގެ ހަދިސާއެއް ހިނގައިގެން އެފްއާރުއެސްއިން ހަރަކާތްތެރިވާން ފަށައިފި. މިހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 00:30 ހާއިރު. އިތުރު އެއްވެސް މައުލާމާތެއް އަދި ނުލިބޭ،'' އެމްއެންޑީއެފުން ވިދާޅުވެފަ ވެއެވެ.