އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކަށް ހައްލެއް ހޯދުމަށް މަޝްވަރާކޮށްފި
އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކާއި ސްކޭމް ކޯލުތަކަށް ހައްލެއް ހޯދުމަށް ކަމާއިގުޅޭ އިދާރާތަކުން މަޝްވަރާކުރައްވައިފި އެވެ. މި މަޝްވަރާތަކާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި މައްސަލައާ ގުޅިގެން އެމްއެމްއޭ، ބީއެމްއެލް އަދި އެމްއައިބީގެ އިސްވެރެންނާ، މިނިސްޓަރ ފައްޔާޒް އިސްމާއީލް ބައްދަލުކުރައްވާފައިވާ ކަަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ. އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖުތައް ދޭތެރެ ދޭތެރެއިން ކުރަމުން އަންނައިރު، ބައެއް ފަރާތްތަކުން ބޮ...