ކޯވިޑުން ދިފާއުގައި ވެކްސިން ނުޖަހައި ތިބި މީހުންނަށް ވިޔަފާރިތަކުން ބައެއް ހިދުމަތްތައް ނުދޭން އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނަަށް މިއަދުން ފެށިގެން ޖިމާއި ސެލޫންތަކުން ހިދުމަތް ދިނުން މަނާވާނެ ކަމަށެވެ.

Ad
rt

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އިމްޕޯޓް މުދާ ވިއްކާ ތަންތަނުންނާއި ކާބޯތަކެތި ވިއްކާ ތަންތަނުން ވެސް ވެކްސިން ފުރިހަމަ ނުކުރާ މީހުންނާ މެދު ފިޔަވަޅު އަޅަންޖެހޭނެއެވެ.

އެގޮތުން، ވެކްސިން ފުރިހަމަ ކޮށްފައި ތިބި މީހުންނަށް އިސްކަން ދޭން ވަނީ އަންގާފައެވެ.

މީގެ އިތުރުން ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ ކުންފުންޏެއްގެ މުވައްޒަފުން ވެކްސިން ނުޖަހާ ނަމަ މަސައްކަތަށް ނުކުމެވޭނީ ޕީސީއާރު ޓެސްޓު ހަދައިގެން ކަމަށްއިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.