ރ. އަލިފުށީގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އިން ޖޮބް ސެންޓަރުގެ ޚިދުމަތް އިފްތިތާހް ކޮށްފިއެވެ.
އެ މިނިސްޓްރީން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ޖޮބް ސެންޓަރުގެ ޙިދުމަތް އަލިފުށީގައި އިފްތިތާޙް ކުރުމަށްޓަކައި، އެއްބަސްވުމެއްގައި ސޮއިކޮށް، ވަޒީފާގެ ވަރޗުއަލް ޕްލެޓްފޯމް އިތުރަށް ފުޅާކުރުމުގެ ގޮތުން، މޮބައިލް
އެޕްއެއް ލޯންޗްކުރުމަށް އިއްޔެ އެރަށުގައި ހަފްލާއެއް ބޭއްވިފައިވާ ކަމަށެވެ.
މި ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ، އިބްރާހިމް މުޙައްމަދު ޞާލިހް އެވެ. އަދި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލް-އުސްތާޒު ފައްޔާޝް އިސްމާއީލް އަދި ރައްޔިތުން މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިން ވެސް ބައިވެރިވަޑައިގެންނެވި ކަމަށް އެ މިނިސްޓްރީން ހާމަކުރެއްވިއެވެ.
މީގެ އިތުރުން، މި ހަފްލާގައި ރައީސް ވަނީ ޖޮބް ސެންޓަރުގެ އެޕްލިކޭޝަން ލޯންޗުކޮށް އިފްތިތާޙްކޮށް ދެއްވާފައެވެ. އަދި އެރަށުގައި ޖޮބް ސެންޓަރުގެ ޙިދުމަތްތައް ފޯރުކޮށް ދިނުމުގެ ގޮތުން، އިކޮނޮމިކް މިނިސްޓްރީ އާއި ރ. އަލިފުށީ ކައުންސިލްއާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން، އެރަށުގައި، ޖޮބް ސެންޓަރުގެ މަޢުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދިއުމުގެ އިތުރުން ވިޔަފާރި ރެޖިސްޓްރޭޝަން އާއި އެކްސްޕެޓް ޕޯޓަލް އާ ގުޅޭ މަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވިއެވެ.
ކުރިއަށް އޮތް މަސްތަކުގައި، އެ މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ރަށު ކައުންސިލްތަކަށް އަމާޒުކޮށް، ޖޮބް ސެންޓަރާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދީ، ތަމްރީނު ދިނުމަށް ޙާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަން ހާމަކުރެއްވިއެވެ.
"މި ތަމްރީން ތަކުގެ މަޤްޞަދަކީ، ވަޒީފާގެ މާހައުލުގެ އެންމެ ފަހުގެ މަޢުލޫމާތު، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް އެއް ތަނަކުން ފޯރުކޮށްދިނުމާއި، ކައުންސިލްތަށް މެދުވެރިކޮށް، ޖޮބް ސެންޓަރ ޕްލެޓްފޯރމް ބޭނުންކުރާނެ ގޮތުގެ ތަމްރީނު ދިނުމެވެ."
އެ މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވިއެވެ.
މީގެ އިތުރުން، ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތައް ދިވެހިންނަށް ފޯރުކޮށްދިނުމަށްޓަކައި އެ މިނިސްޓްރީން އުފައްދާފައިވާ ޖޮބް ސެންޓަރ ޑޮޓް އެމްވީ ވެސް ވަނީ އިތުރު ބަދަލުތަކަކާ އެކު މިވަނީ
އަލުން ރިލޯންޗް ކުރެވިފައެވެ.
As part of this administration’s strategic action plan to facilitate more job opportunities for Maldivians, https://t.co/7IhjqiTSn8 has been revamped to be more inclusive and accessible for all job seekers.
— Government of Maldives (@governmentmv) September 8, 2021
އެގޮތުން، ވަޒީފާ އިއުލާނުކުރުމުން ފެށިގެން، ވަޒީފާއަށް ޝަރުތު ހަމަވާ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތައް ޝޯޓްލިސްޓް ކުރުމާއި، އިންޓަރވިއުކޮށް ވަޒީފާއަށް ހޮވުމާ ހަމައަށް ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފަސޭހަކަމާއެކު ކުރެވޭނެ ގޮތް މަގުފަހިކޮށްދިނުމަށް ޖޮބް ސެންޓަރ ޕޯޓަލް އަށް ވަނީ ބަދަލު ގެނެވިފަކަމަށް އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.
އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މިފަދަ ފަރާތްތަކަށް ޚާއްސަކޮށް ވަޒީފާގެ ފުރުސަތު ހުޅުވާލުމުގެ ފުރުސަތު ޖޮބް ސެންޓަރ ގައި ޤާއިމުކުރެވިފައިވާކަންވެސް އެ މިނިސްޓްރީން ހާމަކުރެއްވިއެވެ. މިކަން ކުރައްވާފައިވަނީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ވަޒީފާގެ ފުރުސަތުތައް ފަހިކުރުމާއި ވަޒީފާގެ ބާޒާރު ހަރުދަނާ ކުރުމުގެ މެންޑޭޓްގެ ދަށުންނެވެ.
ޖޮބް ސެންޓަރ ޕޯޓަލްގައި ވަޒީފާދޭ ފަރާތްތައް ނުވަތަ އެމްޕްލޮޔަރެއްގެ ގޮތުގައި ރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ އަމިއްލަ ވިޔަފާރިތަކާއި އެން.ޖީ.އޯ އަދި ތައުލީމީ އިދާރާތައް ހިމެނޭހެން، މައިގަނޑު ތިން ކެޓަގަރީއެއްގެ ދަށުންނެވެ.
އަދި މި ކެޓަގަރީތަކުގެ އިތުރުން ޖޮބް ސެންޓަރގައި ރަޖިސްޓަރ ވާން އެދޭ ފަރާތެއްވާނަމަ އީމެއިލް ނުވަތަ ސިޓީ މެދުވެރިކޮށް އެ މިނިސްޓްރީ އެންގުމާއެކު، ޕޯޓަލްގައި ރަޖިސްޓަރ ވުމުގެ ފުރުސަތު ދެވޭނެކަންވެސް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!