ވިޔަފާރީގެ ދާއިރާގައި އަންހެނުންގެ ދައުރު އިތުރު ކުރުމަށް ތަމްރީން ޕްރޮގްރާމެއް ހަނިމާދޫގައި ފަށައިފި

photo_2022-10-01_13-49-37

ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ ދައުރު އިތުރު ކުރުމަށް ވިމެން އިން ސަސްޓެއިނަބަލް އެންޓަރޕްރެނިއަރޝިޕް (ވައިޒް) ގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީން ތަމްރީން ޕްރޮގްރާމެއް ހދ. ހަނިމާދޫ ގައި ފަށައިފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މި ޕްރޮގްރާމަކީ ވިޔަފާރީ ކުރުމުގައި ހަރަކާތްތެރިވާ އަންހެނުންގެ ދައުރު އިތުރު ކުރުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ތަމްރީން ޕްރޮގްރާމްއެއް ފަށާފައިވަނީ މިއަދު ކަމަށެވެ.

ސިލްސިލާކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާމި ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ސެޝަން، ހދ. ހަނިމާދޫއިން މިއަދު ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް ނީޒާ އިމާދު އެވެ.

މި ޕްރޮގްރާމުގެ މަޤްސަދަކީ ވިޔަފާރިއެއް ފެށުމަށް ގަސްދުކުރާ އަންހެނުންނަށް އަދި މިހާރުވެސް ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ބޭނުންވާ ފަންނީ ތަމްރީނު ދިނުމާއި، ސަރުކާރު ފަރާތުން އާއްމުންނަށާއި އަދި ވިޔަފާރިކުރާ ފަރާތްތަކަށް ލިބެންހުރި ފުރުސަތުތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

މި ޕްރޮގްރާމުގައި ކިޔަވައިދެވޭނީ ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ފާސްކޮށްފައިވާ ނޭޝަނަލް ސެޓްފިކެޓް 3 އިން އެންޓަރޕްރެނިއަރޝިޕް ސްޓޭންޑާރޑްއަށް ފެތޭ ގޮތަށް ތައްޔާރުކުރެވިފައިވާ މާއްދާތަކެކެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމު ނިންމާ ބައިވެރިންނަށް ސެޓެފިކެޓް ޙަވާލު ކުރުން ހަމަޖެހިފައި ވެއެވެ.

މި ތަމްރީން ޕްރޮގްރާމްގެ ތެރެއިން، ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ހުޅުވާލެވިފައިވާ މާލީ އެހީ ނުވަތަ ސެލްފް އެމްޕްލޮއިޑް ގްރާންޓް ޕްރޮގްރާމް އަށް އެދުމުގެ ފުރުސަތުވެސް ހިމެނިފައިވާނެ އެވެ.

މި ގްރާންޓް ޕްރޮގްރާމްގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ އެހީގެ 40 އިންސައްތަ ހާއްސަކުރެވިފައިވަނީ އަމިއްލަ މަސައްކަތް ކުރާ އަންހެނުންނަށެވެ. މި އެހީއަށް އެދުމުގެ ފުރުސަތު https://jobcenter.mv ގައި ވަނީ މިހާރުވަނީ ހުޅުވާލާފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި