މިރެއިން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގެ ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓުތައް ހުޅުވޭނީ ރޭގަނޑު 9:00 ޖަހަންދެން ކަމަށް އިކޮނޮމިކްމިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ފިހާރަތަކުން ހިދުމަތް ދެވޭނީ ހެނދުނު 8:00ން ރޭގަނޑު 9:00އަށް ކަމަށެވެ. ނަމަވެސް ފުލުހުންގެ ހުއްދައާއެކުރޭގަނޑު 12:00 ޖަހަންދެން އެފަދަ ތަންތަނުން ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް ވަނީ ބުނެފައެވެ.

Ad
rt

މީގެ އިތުރުން ކެފޭ އަދި ރެސްޓޯރެންޓުތައް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30ން ރޭގަނޑު 9:00 ޖަހަންދެންނެވެ. އަދިފުލުހުންގެ ހުއްދައާއެކު ދަންވަރު 3:00 ޖަހަންދެން މިފަދަ ތަންތަނަށް ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ.

އިކޮނޮމިކް މިނިސްޓްރީން މިގޮތަށް ނިންމީ މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވުމާއެކު އެޗްޕީއޭއިން އެޅި ފިޔަވަޅުތަކާ ގުޅިގެންނެވެ. އެޗްޕީއޭއިން ވަނީ ވަކިމުއްދަތެއް ނެތް ގޮތަށް ރޭގަނޑު 9:00ން ފަތިހު 4:00އަށް ކާފިއު އިއުލާން ކޮށްފައެވެ. މިވަގުތުތަކުގައި ބޭރުގައި އުޅެވޭނީ ފުލުހުންގެ ހާއްސަ ހުއްދައާއެކުގައެވެ.