އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކާއި ސްކޭމް ކޯލުތަކަށް ހައްލެއް ހޯދުމަށް ކަމާއިގުޅޭ އިދާރާތަކުން މަޝްވަރާކުރައްވައިފި އެވެ.

މި މަޝްވަރާތަކާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި މައްސަލައާ ގުޅިގެން އެމްއެމްއޭ، ބީއެމްއެލް އަދި އެމްއައިބީގެ އިސްވެރެންނާ، މިނިސްޓަރ ފައްޔާޒް އިސްމާއީލް ބައްދަލުކުރައްވާފައިވާ ކަަމަށެވެ.

Ad
rt

އެހެންނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ.

އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖުތައް ދޭތެރެ ދޭތެރެއިން ކުރަމުން އަންނައިރު، ބައެއް ފަރާތްތަކުން ބޮޑެތި އަދަދުތަކުން ފައިސާ ވެސް އަންނަނީ ހޯދަމުން ނެވެ.

އެފަދަ ފަރާތްތަކުގެ ކޯލު ގައި ބުނަނީ ކޮންމެވެސް ތަނެއްގެ ޕްރޮމޯޝަންގައި ނަސީބުވެރިއަކަށް ހޮވިފައިވާ ކަމަށެވެ. ނުވަތަ ވަކި އަދަދަކަށް، އެފަރާތުން ބުނާ އެކައުންޓަކަށް ފައިސާ ފޮނުވުމުން ގުރުއަތުގައި ބައިވެރިވެ، ބެޑްރޫމް ސެޓާއި އެޕާޓްމެންޓު ފަދަ ތަންތަން ލިބޭނެ ކަމަށް އަންނަނީ ބުނަމުން ނެވެ.

އެގޮތުން މީއެޗްޑީސީއާއި ބޭންކް އޮފް މޯލްޑިވްސް އަދި ދިވެހި ފުލުހުން ޚިދުމަތުގެ ނަމުގައި ވެސް ސްކޭމް މެސެޖުތަކެއް ވަނީ ފޮނުވާފަ އެވެ.