Skip to main content
Topic Archive

#ްއިބްރާހީމް މުހައްމަދު ސޯލިހު

56 Stories filed
އިބޫގެ ޝައުގުވެރިކަން ރިޔާސީ ޓިކެޓަށް، ނަޝީދު ޕޯސްޓްކުރެއްވީ ''ނަނާ ހުވަފެން ދުށީމޭ'' ޅެން
Raajje

އިބޫގެ ޝައުގުވެރިކަން ރިޔާސީ ޓިކެޓަށް، ނަޝީދު ޕޯސްޓްކުރެއްވީ ''ނަނާ ހުވަފެން ދުށީމޭ'' ޅެން

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ދެވަނަ ސަރުކާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމަށް މަޝްވަރާތައް ފައްޓަވާފައިވާކަމުގެ ރިޕޯޓާއެކު، އެ ޕާޓީގެ ފުރަތަމަ ސަރުކާރުގެ ރައީސް މުޙައްމަދު ނަޝީދު ”ނަނާ ހުވަފެން” ޅެން މީސް މީޑިއާއަށް ދޫކޮށްލައިފިއެވެ. ރިޔަސީ ޓިކެޓަށް ވާދަކުރެއްވުމަށް އިބޫ ފުޅާދާއިރާއެއްގައި މަޝްވަރާކުރަށްވަމުންގެންދަވާކަމަށް އަޑުތައް ފެތުރުނީ މިއަދުއެވެ. އިބޫ ފެކްޝަންގެ ބައެއް...

ވެރިކަމުގައި އަމިއްލަ ޕާޓީގެ ތެރެއިން ކުރިމަތިވެވަޑައިގަތް ''ތުރާތައް'' ޞާލިޙް ތިލަކޮށްދެއްވައިފި
Raajje

ވެރިކަމުގައި އަމިއްލަ ޕާޓީގެ ތެރެއިން ކުރިމަތިވެވަޑައިގަތް ''ތުރާތައް'' ޞާލިޙް ތިލަކޮށްދެއްވައިފި

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ދައުރުގައި، އެމަނިކުފާނުގެ އަމިއްލަ ޕާޓީ ކަމަށްވާ އެމްޑީޕީގެ ތެރެއިން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުން ކުރިމަތިކުރުވި ގޮންޖެހުންތަކާއި ތުރާތަކުގެ ތަފްސީލް ރައީސް ޞާލިޙް ފުރަތަމަ ފަހަރަށް ހާމަކުރައްވައިފިއެވެ. މި ވާހަކަފުޅުތައް އެމަނިކުފާނު ދެއްކެވީ އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ މީކައިލް ނަސީމަށް ތާއީދު ހޯދުމަށް އައްޑޫގެ މަރަދޫގައި ބޭއްވި ބައްދަލުވުމެއްގައެވެ. ރައީސް ޞާލިޙް ވިދާޅުވީ، 2019 ވަނަ އަހަރުގެ މ...

ޔާމީނާއި ސޯލިހް އަދި ނަޝީދު އެއްބަސްވުމަކަށް
Raajje

ޔާމީނާއި ސޯލިހް އަދި ނަޝީދު އެއްބަސްވުމަކަށް

ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީން އަބްދުުލްގައްޔޫމް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިޔާސީ ގޮތުން އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމަވައި، އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުމުގައިވާ ގޮތުން، މިހާރުގެ ސަރުކާރުން ގާނޫނުއަސާސީއާ ޚިލާފުވަމުންދާ ކަމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ބާރު ކަނޑުވާލަމުންދާ ކަމަށް ތިން ރައީސުން ވަނީ ތުހުމަތު ކުރައްވާފައެވެ. މީގެ އިތުރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމާއި، ނޫސްވެ...

ހޯރަފުށީ ކައުންސިލްގެ ހާއްސަ ހިދުމަތުގެ އައްޑަނަ ސޯލިހް، އުއްޗު އަދި އާޒިމަށް
Raajje

ހޯރަފުށީ ކައުންސިލްގެ ހާއްސަ ހިދުމަތުގެ އައްޑަނަ ސޯލިހް، އުއްޗު އަދި އާޒިމަށް

ހދ. ހޯރަފުށީ ކައުންސިލުގެ ހާއްސަ ޚިދުމަތުގެ އައްޑަ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހިމެނޭހެން އިތުރު ދެ ބޭފުޅަކަށް ރޭ ދީފިއެވެ. މި އެވޯޑްތައް ދީފައި ވަނީ ހޯރަފުށީ ކައުންސިލުން ފާހަގަ ކުރަމުން އަންނަ ”ހޯރަފުށީ ދުވަސް” ފާހަގަކުރަން ރޭ އެރަށުގައި ބޭއްވި ހާއްސަ ޖަލްސާގައެވެ. މި ޖަލްސާގައި ކުރީގެ ރައީސް ޞާލިޙަށް އަރުވާފައި ވަނީ ހޯރަފުށީ ކައުންސިލުގެ ހާއްސަ ޚިދުމަތުގެ އައްޑަނައިގެ ގޮތުގައި ”ސިރީނަރަވަންނަ އައްޑަނަ”އެވެ. އެ އަށްޑަނަ ޞާލިޙަށް އެރުވީ އެއީ ހޯރަފުށީގެ […]

ސޯލިހް ވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވަން ނިންމަވައިފި
Raajje

ސޯލިހް ވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވަން ނިންމަވައިފި

2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވާދަކުރައްވަން ނިންމަވާފައިވާކަން މިރޭ އިޢުލާން ކުރައްވައިފިއެވެ. މި ނިންމެވުން އިޢުލާން ކުރެއްވީ މާލޭގައި މިރޭ ބޭއްވި ޚާއްސަ ކެއުމެއްގައި ރައީސް ސޯލިހާ އެންމެ ގާތުން މަސައްކަތް ކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ. މި ހަފްލާގައި ބައިވެ...

އީސީގެ ޤާނޫނީ ޒިންމާ އަދާކުރަމުންދޭތޯ ސޯލިހް ސުވާލު އުފައްދަވައިފި
Raajje

އީސީގެ ޤާނޫނީ ޒިންމާ އަދާކުރަމުންދޭތޯ ސޯލިހް ސުވާލު އުފައްދަވައިފި

އިލެކްޝަން ކޮމިޝަން (އީސީ) އިން އެކޮމިޝަންގެ ޤާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރެމުންދޭތޯ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ސުވާލުއުފައްދަވައިފިއެވެ. ކުރީގެ ރައީސް ސާލިހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އާންމު އެތައް ރައްޔިތެއްގެ ޒާތީ މަޢުލޫމާތު ނަހަމަ ގޮތުގައި ޕީއެންސީން ބޭނުންކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކުރަށްވާފައެވެ. ‘’އެންމެ ފަހުން މިއެނގުނީ އެމްޑީޕީ އަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުވެސް އޮޅުވާލައިގެން ޕީއެންސީއަށް ވެެއްދި ވާހަކައެވެ. ސުވ...

ބަދަލުދިން މައްސަލާގައި ޞާލިޙާއި ފައްޔާޒުގެ މައްސަލަބަލަން ފާސްކޮށްފި
Parliament

ބަދަލުދިން މައްސަލާގައި ޞާލިޙާއި ފައްޔާޒުގެ މައްސަލަބަލަން ފާސްކޮށްފި

މިދިޔަ ވެރިކަމުގެ ދައުރުގައި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އުފެއްދި ސެޓްލްމަންޓް ކޮމިޓީން ނިންމައިގެން  އެކި ފަރާތްތަކަށް ބަަދަލުދިން މައްސަލައިގައި އޭރުގެ ރައީސް ޞާލިޙާއި، އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. އެ މައްސަލަ މިއަދުގެ ކޮމިޓީގައި ހުށަހެޅުއްވީ ފުނަދޫ ދާ...

ކުރީގެ ރައީސް އިބޫގެ އެމެރިކާ ދަތުރުފުޅުގެ ތަފްސީލު ދޭކަށް ނުޖެހޭނެ: ސަރުކާރު
Raajje

ކުރީގެ ރައީސް އިބޫގެ އެމެރިކާ ދަތުރުފުޅުގެ ތަފްސީލު ދޭކަށް ނުޖެހޭނެ: ސަރުކާރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރައީސްކަމުގައި އެމަނިކުފާނު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ރިސިޓްތައް ހާމަ ނުކުރެވޭނެ ކަމަށް ސަރުކާރުގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ. އދ. ގައި ތަގްރީރު ކުރެއްވުމަށް 2022 ވަނަ އަހަރު އިބޫ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން މިދިޔަ އަހަރު ވަނީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ އިސްތިއުނާފްކުރަން ކުރީގެ ސަރުކާރުގެ ދުވަސްވަރު ހުށަހެޅި […]

މެމްބަރުން ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރަން ސޯލިހް އެދިވަޑައިގެންފި
Parliament

މެމްބަރުން ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރަން ސޯލިހް އެދިވަޑައިގެންފި

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުވާ ކުރެއްވި މެމްބަރުން ރައްޔިތުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ އުންމީދު އެބައޮތް ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ. ސޯލިހް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 20 ވަނަ މަޖިލިހަށް ހޮވިވަޑައިގެން މިއަދު މަގާމުގެ ހުވާ ކުރެއްވި ހުރިހާ މެމްބަރުންނަށް ތަހުނިޔާ އަރިސް ކުރައްވާ ކަމަށެވެ. އަދި މެމްބަރުންނަށް ރައްޔިތުން ހަވާލު ކުރެއްވި މުހިއްމު ވާޖިބު އެންމެ ފުރިހަމަ އަށް އަދާކުރައްވައި ގާނޫނުއަ...

ރައީސް މުއިއްޒު، ރ. އަތޮޅާއި ބ. އަތޮޅަށް، ސޯލިހް ބ. އަތޮޅަށް
Raajje

ރައީސް މުއިއްޒު، ރ. އަތޮޅާއި ބ. އަތޮޅަށް، ސޯލިހް ބ. އަތޮޅަށް

ރަައީސް ޑރ. މުހައްމަދު މުއިއްޒު ރ. އަދި ބ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް މިއަދު ފެއްޓެވި އިރު، ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފިއެވެ. ރައީސް ޑރ. މުއިއްޒު ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ރ. އަލިފުއްޓަށެވެ. އެ ރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. ރައީސް އާ އެކުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން […]

އެމްޑީޕީން މޯލްޑިވިއަނަށް 5.6 މިލިއަން ރުފިޔާ ނުދައްކާ އޮތުމުން ކޯޓަށް ދާނެ ކަމުގެ އިންޒާރު!
Raajje

އެމްޑީޕީން މޯލްޑިވިއަނަށް 5.6 މިލިއަން ރުފިޔާ ނުދައްކާ އޮތުމުން ކޯޓަށް ދާނެ ކަމުގެ އިންޒާރު!

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އެމްޑީޕީން މޯލްޑިވިއަން މެދުވެރިކޮށް ކުރި ދަތުރުތަކަށް ދައްކަން ޖެހޭ 5.6 މިލިއަން ރުފިޔާ ނުދައްކައިގެން އެ އެއާލައިނުން ކޯޓަށް ދާނެ ކަމުގެ ނޯޓިސް ޕާޓީ އަށް ފޮނުވައިފިއެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ ބަހެއް ނުލިބެއެވެ. މޯލްޑިވިއަނުން އެމްޑީޕީ އަށް ސިޓީގައިވާ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅާއި އޮކްޓޯބަރު މަހުގެ ކުރީކޮޅުގައި އެމްޑީޕީން ނަގާފައިވާ ޓިކެޓާއި ޗާޓަރު ދަތުރުތަކަށް ދައްކަން ޖެހޭ 5.6 މިލިއަން ރުފިޔާ އެބަހުއްޓެވެ. އެގޮތުން ބައެއް […...

އެމްޑީޕީ ޕޯޑިއަމުން ނޫން ޕޯޑިއަމަކުން އަޅުގަނޑު ނުފެންނާނެ: ޞާލިޙް
Raajje

އެމްޑީޕީ ޕޯޑިއަމުން ނޫން ޕޯޑިއަމަކުން އަޅުގަނޑު ނުފެންނާނެ: ޞާލިޙް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕޯޑިއަމުން ނޫން ޕޯޑިއަމަކުން އެމަނިކުފާނު ނުފެންނާނެކަމަށް އެ ޕާޓީގެ ވަގުތީ ރައީސް، ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް ޞާލިޙް މިހެން ވިދާޅުވީ، މާލޭ މޭޔަރާއި ތިން ކައުންސިލަރުން ހޮވުމަށް ހޮނިހިރު ދުވަހު ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ނިންމަން މިރޭ މާލޭ ސަލްޓަންޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ޞާލިޙްގެ ވާހަކަފުޅު ފައްޓަވަމުން ވި...

އިންޑިއާ އަށް ނަފްރަތުކޮށް ދެއްކި ވާހަކަ ކުށްވެރިކުރަން: ސޯލިހް
Raajje

އިންޑިއާ އަށް ނަފްރަތުކޮށް ދެއްކި ވާހަކަ ކުށްވެރިކުރަން: ސޯލިހް

އިންޑިއާ އަށް ނަފްރަތުކޮށް ސަރުކާރުގެ އޮފިޝަލުންތަކެއް ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުށްވެރި ކުރައްވައިފިއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅެއްގައި އެ ސަރަހައްދުގެ ޓޫރިޒަމް ޕްރޮމޯޓްކުރައްވައި އާންމު ކުރެއްވި ވީޑިއޯއަކާ ގުޅިގެން އިންޑިއާގެ ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ އިންޑިއާ ފަތުރުވެރިން ރާއްޖެ އަށް ދިއުމުގެ ބަދަލުގައި ލަކްޝަދީޕް ތަޖުރިބާ ކުރަން ޖެހޭ ކަމަށެވެ. އެކަމާ ގުޅިގެން ސަރުކާރުގެ ބައެ...

އެމްޑީޕީގެ ވަގުތީ ރައީސް އަކަށް ޞާލިޙް ހަމަޖައްސައިފި
News

އެމްޑީޕީގެ ވަގުތީ ރައީސް އަކަށް ޞާލިޙް ހަމަޖައްސައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ރައީސްގެ ގޮތުގައި ކުރީގެ ރައީސް، އިބްރާޙީމް މުޙައްމަދު ޞާލިޙް މިރޭ ފާސްކޮށްފިއެވެ. މިގޮތައް ފާސްކޮށްފައި ވަނީ އއ. އުކުޅަހުގައި މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 9 ވަނަ ޖަލްސާ ގައެވެ. މި ޖަލްސާގައި ފާސްކުރީ އެ ރައީސްގެ މަގާމަށް މީހަކު އިންތިހާބު ކުރެވެގެން ދެން، ވަގުތީ ރައީސްގެ ގޮތުގައި އެ މަގާމުގެ ޒިންމާތައް ކުރީގެ ރައީސް ޞާލިޙާއި ހަވާލު ކުރުމަށެވެ. އެގޮތައް ފާސްވީ 47 މެންބަރުންގެ […]

ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކުރުމަށް އޮނިގަނޑު އެކުލަވާލައި، އެ އިދާރާތަކަށް ފޮނުވައިފި
Raajje

ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކުރުމަށް އޮނިގަނޑު އެކުލަވާލައި، އެ އިދާރާތަކަށް ފޮނުވައިފި

އަންނަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކުރުމަށް، ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑު އެކުލަވާލައި އެ އިދާރާތަކަށް ފޮނުވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވީ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވައުދުފުޅާއެއްގޮތައް އަންނަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކުރުމަށް، ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑު އެކުލަވައިލާފައިވާ ކަމަށެވެ. ޕޭ ކޮމިޝަނުން އެކުލަވައިލި މި އޮނިގަނޑު މިހާރު ފުލުހުންނާއި، ސިފައިންގެ މުއައްސަސާއ...