އެމްޑީޕީ ޕޯޑިއަމުން ނޫން ޕޯޑިއަމަކުން އަޅުގަނޑު ނުފެންނާނެ: ޞާލިޙް

IMG_3959

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕޯޑިއަމުން ނޫން ޕޯޑިއަމަކުން އެމަނިކުފާނު ނުފެންނާނެކަމަށް އެ ޕާޓީގެ ވަގުތީ ރައީސް، ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޞާލިޙް މިހެން ވިދާޅުވީ، މާލޭ މޭޔަރާއި ތިން ކައުންސިލަރުން ހޮވުމަށް ހޮނިހިރު ދުވަހު ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ނިންމަން މިރޭ މާލޭ ސަލްޓަންޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅު ފައްޓަވަމުން ވިދާޅުވީ އެންމެފަހުން ވެސް (ތިލަފަތް ޖެހި) އެމްޑީޕީގެ ޕޯޑިއަމެއްގައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވީ އިތިޚާބެއް (ރިޔާސީ އިންތިޚާބު) ގެ ކެމްޕޭން ނިންމި ޖަލްސާގައި ކަމަށެވެ.

އަލުން އެމްޑީޕީގެ ޕޯޑިއަށް ވަޑައިގަތީ ބައި-އިލެކްޝަނެއްގެ ކެމްޕޭން ނިންމާ ޖަލްސާގައި ފާހަގަކުރައްވަައި އެ ނޫން ޕޯޑިއަމަކުން އެމަނިކުފާނު ނުފެންނާނެ ކަމަށް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

’’ފުރަތަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ނޫން ޕޯޑިއަމަކުން އަޅުގަނޑު ނުފެންނާނެ، ކާމިޔާބީގެ ވަގުތުގައި ވެސް، ނާކާމިޔާބީގެ ވަގުތުގައިވެސް، ދަތި އުނދަގޫ ވަގުތުގައި ވެސް، އަޅުނޑުފެންނާނީ ހަމަ މި ޕޯޑިއަމުން’’ ޞާލިޙް ވިދާޅުވިއެވެ.

ބައެއް ބޭފުޅުން އެމްޑީޕީގެ ޕޯޑިއަމުންގައި އެހެން ވިދާޅުވުމަށްފަހު ފެޔަށް ޖެހިލާތަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ރައީސް ޞާލިޙް ވަނީ އެމްޑީޕީ ޕޯޑިއަމް ނޫން ޕޯޑިއަމަކުން އެމަނިކުފާނު ނުފެންނާނެ ކަމަށްވިދާޅުވެ، އެވާހަކަ ތަކުރާރުކުރައްވާފައެވެ.

މި ޖަލްސާގަައި ކުރީގެ ރައީސް ދެއްކެވިވާހަކަފުޅުގައި ވަނީ މި ބައި-އިލެކްޝަންގައި އެމްޑީޕީ އަށް ރަނގަޅު ކެމްޕޭނެއް ކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި