އިހަވަންދޫ ރީތި ކަނބަލުންގެ ސަގާފީ ފަރި ހަރަކާތްތަކަށް ގިނަ ބައެއްގެ ސަމާލުކަން
މިއަހަރުގެ އަޟްހާ ޢީދުގެ އުފާވެރި މުނާސަބަތާ ގުޅުވައިގެން ހއ. އިހަވަންދޫގައި ކުރިއަށްދިޔަ “ބަދަހި ޢީދު” ހަރަކާތުގެ ތެރެއިން، އެ ރަށުގެ ކުލަބު ޕޯލްސްޓަރ (ސީ.ޕީ.އެސް) އިން ހުށަހަޅައިދިން ފޯރިގަދަ ސަގާފީ ހަރަކާތްތަކަށް މުޅި ރާއްޖޭގެ މީޑިއާތަކުގެ ސަމާލުކަން ހުއްޓިއްޖެއެވެ. އިހަވަންދޫ ކައުންސިލުން އިންތިޒާމުކުރި މި ހަރަކާތްތަކަކީ ދިވެހިންގެ ތެރެއިން އުވެމުންދާ ސަގާފީ ކުޅިވަރުތައް އާލާކޮށް، އަންނަން އޮތް ޖީލުތަކަށް އެ ކަންކަން ދަސްކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ. މި ހަރަކާ...