ހއ. އިހަވަންދޫ ކުލަބް ޕޯލްސްޓާގެ ފަރާތުން ހއ. އަދި ހދ. ގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދި "އިހަވަން ކަޕް ފުޓްބޯޅަ މުބާރާތް 2022"ގެ ޗެމްޕިއަންކަން ހއ. މާރަންދޫ ޔޫތް ސޮސައިޓީން ހޯދައިފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ އިހަވަންދޫގައި ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި މާރަންދޫ ޔޫތް ސޮސައިޓީ އާއި ވާދަކޮށްފައި ވަނީ އެ އަތޮޅު ދިއްދޫ އެޗްއެން ސްޕޯރޓްސް އެވެ.
މި މެޗުގައި ދިއްދޫ އެޗްއެން ސްޕޯރޓްސްގެ މައްޗަށް މާރަންދޫ ޔޫތް ސޮސައިޓީން ކުރި ހޯދައި ޗެމްޕިއަންކަން ހޯދީ މެޗްގެ ފުރިހަމަ ވަގުތުގައި ދެ ޓީމު 1-1 އިން އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެންނެވެ. މި މެޗްގައި ޕެނަލްޓީގައި ޔޫތް ސޮސައިޓީ 2-4 އިންނެވެ.
މި މުބާރާތުގެ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާރަންދޫ ޓީމުގެ ގޯލް ކީޕަރ ނައުފަލް މޫސާއެވެ.
މިއީ ތިލަދުންމަތީގެ ކުލަބް ޖަމްޢިއްޔާއަކުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 50000 (ފަންސާސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި ރަނަރަޕް ޓީމަށް ވަނީ 25000 (ފަންސަވީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދީފައެވެ.
އިހަވަންކަޕްގެ ފުރަތަމަ މުބާރާތް "އިހަވަން ކަޕް 2020"ގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ހދ. ނޮޅިވަރަމްގެ ޓީމެއް ކަމުގައިވާ "ކުލަބް ޕެނީ" އެވެ.
މި މުބާރާތް އިންތިޒާމްކުރާ އިހަވަންދޫ ކުލަބް ޕޯލްސްޓާ ޖަމްޢިއްޔާއަކީ 1999 ވަނަ އަހަރުން ފެށިގެން ރަޖިސްޓަރީ ކުރެވިގެން އިހަވަންދޫގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!