އިހަވަންދޫގައި ބާއްވާ މޫދު ކަސްރަތު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

hashiheyo

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި "ހަށިހެޔޮ ދުޅަހެޔޮ" ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މޫދު ކަސްރަތު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އިހަވަންދޫ ކުލަބް ޕޯލްސްޓާގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން 30 ދުވަހުގެ މުއަދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހު 25 ވަނަ ދުވަހުއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ފުރިހަމަ ކުރަންޖެހޭ ގޫގުލް ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ސަބްމިޓް ކުރެއްވުމަށް އިހަވަންދޫ ޑަބްލިއުޑީސީން އެދިލައްވައެވެ. މި ޕްރޮގްރާމުގައި ދެ ޖިންސްގެ ބޭފުޅުން ވެސް ބައިވެރި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފޯމް: https://forms.gle/rMCoFfNC9c3TBe4t5

މި ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުގެ ތެރޭގައި ހިމެނެނީ އިހަވަންދޫގެ އާބާދީގެ މެދުގައި ދުޅަހެޔޮކަން އިތުރު ކުރުމާއި، ކަސްރަތު ކުރުމުގައި ދެމިތިބުމަށާއި ރަނގަޅު ކާނާ ބޭނުން ކުރުމަށް ހިތްވަރު ދިނުމެވެ.

މި ޕްރޮގްރާމުގައި މުޖުތަމަޢުގައި އިޖުތިމާޢީ ގުޅުން ބަދަހިކުރުމާއި، ރައްކާތެރި ގޮތުގައި ކާނާ ބޭނުން ކުރުމާއި، ރައްކާތެރި ގޮތުގައި ޑައިޓްކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި