ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކުލަބް ޕޯލްސްޓާގެ 21 ވަނަ ޤުރުއާން މުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.

125 ބައިވެރިންނާއިއެކު މި މުބާރާތް ފަށާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރެއެވެ. މި މުބާތުގެ ކިޔެވުން އިހަވަންދޫ މަދަރުސާގައި ކުރިއަށް ގެންގޮސްފައިވާއިރު، މި މުބާރާތުގެ ކިޔެވުން ނިންމާލާފައި ވަނީ އިއްޔެއެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން ކުރިއަށް މި އޮތް ހަފްތާތެރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

މި މުބާރާތުގެ އެއްވަނައަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ އަށް 3000 ރުފިޔާ، ތިންވަނައަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ މެދުނުކެނޑި ޕޯލްސްޓާއިން މި މުބާރާތް ކުރިއަށް ގެންދާ 21 ވަނަ އަހަރެވެ. މިއީ އިހަވަންދޫގައި ބާއްވަމުން އަންނަ އެންމެ ގިނަ ދުވަސްވީ ޤުރުއާން މުބާރާތެވެ.

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ރީތިކޮށް ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔެވުމުގެ ރޫހު އަށަގެންނެވުމާއި އެކަމަށް ހިތްވަރު ދިނުމުގެ އިތުރުން ޤުރުއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއެކު ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކަށް ބޭނުންވާ ބައިވެރިން އެ ރަށުގައި އުފެއްދުމެވެ.