މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އިބްރާޙީމް ޝަރީފް(ކެލާ އިބްރޭ)

47 Stories filed
ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ގާއިމުކުރަން ހަވާލުކޮށްފި
Thiladhunmathi News

ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ގާއިމުކުރަން ހަވާލުކޮށްފި

ހއ. ކެލާ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރަމެއް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން މި މަސައްކަތް ހަވާލުކުރީ، ރަފް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. ރަފް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މިި މަސައްކަތް ހަވާލުކުރުމަށް ބުރާސްފަތި ދުވަހު ޔޫތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަޚްލޫފާއި، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ބައިވެރިވެ ވަޑައިގަތެވެ. މި މަސައްކަތުގެ އަގަކީ 3.8 މިލި...

މަޖިލީހުން ބޮޑު ހިޔާނާތުގެ މައްސަލަ ބަލަން މާބޮޑަށް ލަސްވެއްޖެ: އިބްރޭ
Parliament

މަޖިލީހުން ބޮޑު ހިޔާނާތުގެ މައްސަލަ ބަލަން މާބޮޑަށް ލަސްވެއްޖެ: އިބްރޭ

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ބޮޑު ޚިޔާނާތުގެ މައްސަލަ ބެލުން މާބޮޑަށް ލަސް ވެސް ވެއްޖެކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އިބްރާ މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ މަޖިލިސްގެ ޖަލްސާގައި “މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) ބޭނުންކޮށްގެން ހިންގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތާގުޅޭ ރިޕޯޓު”އަށް ބަހުސް ކުރަށްވަމުންނެވެ. އެ ރިޕޯޓަށް ތާއީދު ކުރަށްވާ ވާހަކަ ދައްކަވަމުން އިބްރޭ ވިދާޅުވީ، ދިވެހި...

ކެލާގެ އާބާދީ ދެ ގުނަވާނެ، ތަރައްގީގެ ގޮތުން ބޮޑު ބަދަލެއް ފެންނާނެ: އިބްރޭ
Thiladhunmathi News

ކެލާގެ އާބާދީ ދެ ގުނަވާނެ، ތަރައްގީގެ ގޮތުން ބޮޑު ބަދަލެއް ފެންނާނެ: އިބްރޭ

ހއ. ކެލާއަކީ ފަތުރުވެރިކަމުގެ މަންޒިލެއް ގޮތުގައި ތަރައްގީ ކުރެވިގެންދާއިރު، ކެލާގެ އާބާދީ ދެ ގުނަ ވާނެ ކަމަށް އަންދާޒާ ކުރަށްވާ ކަމަށާއި، އެރަށަށް ތަރައްގީގެ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އިބްރޭ މިހެން ވިދާޅުވީ ކެލާ ތުނޑީގައި ތަރައްގީ ކުރާ ފަތުރުވެރިކަމުގެ ހޮޓަލާއި ބެހޭ މަޢުލޫމާތު ކެލާ ރައްޔިތުންނާއި ހިއްސާ ކުރުމަށް އެ ހޮޓާ ތަރައްގީ ކުރާ ކުންފުނި، ފެޑޯ އިންވެސްޓްމަންޓްގެ ދެ ޑިރެކްޓަރުންނާއެކ،ު ރޭ ކެލާ ރައްޔިތ...

އުތުރު ތިލަފަޅު އެއްބަސްވުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށާއި ދުނިޔޭގެ ސަލާމަތަށް ކުރިއެރުން ލިބޭނެ: އިބްރޭ
Parliament

އުތުރު ތިލަފަޅު އެއްބަސްވުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށާއި ދުނިޔޭގެ ސަލާމަތަށް ކުރިއެރުން ލިބޭނެ: އިބްރޭ

އުތުރު ތިލަފަޅު އެއްބަސްވުމަކީ، ރާއްޖޭގެ އިޤުތިޞާދަށާއި އަދި ދުނިޔޭގެ ސަލާމަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެއްބަސްވުމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެ އެވެ. އިބްރޭ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާގައި، އުތުރު ތިލަފަޅު (ޔޫޓީއެފް) ގުޅޭ އެއްބަސްވުމެއްކަމަށް ބުނެ ޑޮކިއުމަންޓްތަކެއް ލީކްކޮށްލި މައްސަލައާއި ގުޅިގެން އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށަހަޅުއްވާފައިވާ ކުއްލި މ...

ފަތާ ޓްރެކްއާއިއެކު އިބްރޭގެ ޝުކުރު ޗައިނާއަށް!
Thiladhunmathi News

ފަތާ ޓްރެކްއާއިއެކު އިބްރޭގެ ޝުކުރު ޗައިނާއަށް!

ޗައިނާ ސަރުކާރުން ހއ. ކެލާއަށް ހަދިޔާކުރި ފަތާ ޓްރެކް ރާވާ ނިންމާލެވުމާއެކު، ރައްޔިތުންގެ މަޖިލިސްގައި ކެލާ ތަމްސީލް ކުރަށްވާ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ޗައިނާއަށް ޝުކުރު އަދާކޮށްފިއެވެ. ޗައިނާ ސަރުކާރުން ހއ. ކެލާއަށް ހަދިޔާކުރި ފަތާ ޓްރެކް އެރަށަށް ގެންގޮސްފައިވަނީ ހުސްވި ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. މިހާރު އެ ޓްރެކް ވަނީ ރާވައި، ކެލާގެ ޒުވާނުންނަށް ބޭނުން ކުރެވޭ ގޮތް ހަދާފަ އެވެ. މިކަންފާހަގަކޮށް އިބްރޭ ކުރެއްވި ޓްވީޓެއްގައި ވަނީ […]

މިއަދަކީ ކެލާގެ ތާރީޚްގައި ރަންއަކުރުން ލިޔެވޭނެ ދުވަހެއް: އިބްރޭ
Thiladhunmathi News

މިއަދަކީ ކެލާގެ ތާރީޚްގައި ރަންއަކުރުން ލިޔެވޭނެ ދުވަހެއް: އިބްރޭ

ހއ. ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރަން 14 ބިމެއް ދޫކުރަން އެ ރަށު ކައުންސިލާއި ޓޫރިޒަމް މިނިސްޓަރީއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކުރެވިގެން ދިޔައިރު މިއަދަކީ ކެލާގެ ތާރީޚްގައި ރަން އަކުރުން ލިޔެވޭނެ ދުވަހެއް ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެ އެވެ. އިބްރޭ މިހެން ވިދާޅުވީ ކެލާއިން ފަތުރުވެރިކަމަށް ބިންތަކެއް ދޫކުރަން ޓޫރިޒަމް މިނިސްޓްރީއާއި ކެލާ ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކުރަން މިއަދު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައ...

ފިއްލަދޫ ބޭރުގައި އާ ކަނދުފައްޗެއް ހަރުކޮށްފި
Thiladhunmathi News

ފިއްލަދޫ ބޭރުގައި އާ ކަނދުފައްޗެއް ހަރުކޮށްފި

ހއ. ފިއްލަދޫ ބޭރުގައި ހަރުކޮށްފައިވާ އޮއިވާލި ކަނދުފަތި ކަނޑައިގެން ދިއުމުގެ ސަބަބުން އާ ކަނދުފައްޗެއް ހަރުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކަނދުފަތިވެސް ހަރުކޮށްފައިވަނީ ކަނޑައިގެން ދިޔަ ކަނދުފަތި އޮތް ސަރަހައްދުގައި އެވެ. ފިއްލަދޫއާއި ދިމާ ބޭރުގައި މަސްވެރިކަމަށް އަޅާފައި އޮންނަ ކަނދުފަތި އިއްޔެގެ ވަގުތެއްގައި އަލުން ހަރުކުރެވިގެން ދާނެ ކަމަށް، ކެލާ ދާއިރާގެ މަޖިލިސް މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވެސް ވަނީ ވިދާޅުވެފައެވެ. ”ފިއްލަދޫއާއި ދިމާ ބޭރުގައި މަސްވެރިކަމަށް އަޅާފ...

ކެލާގައި ޤުރުއާން އަދި އިސްލާމިކް އިންސްޓިޓިއުޓެއް ގާއިމު ކުރަނީ
Thiladhunmathi News

ކެލާގައި ޤުރުއާން އަދި އިސްލާމިކް އިންސްޓިޓިއުޓެއް ގާއިމު ކުރަނީ

ކެލާގައި ގާއިމުކުރާ ޤުރުއާން އަދި އިސްލާމިކް އިންސްޓިޓިއުޓްގެ ބިންގާ އަޅައިފިއެވެ. މި އިންސްޓިޓިއުޓަކީ ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ)ގެ ހެޔޮ އެދުންތަކާއިއެކު، އޭނާގެ ޚަރަދުގައި ކެލާގައި ގާއިމުކުރާ އިންސްޓިޓިއުޓް އެކެވެ. މި އިންސްޓިޓިއުޓްގެ ބިންގާ އަޅާފައި ވަނީ، 2020 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހު ކެލާގައި އޮތް ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މި އިންސްޓިޓިއުޓްގެ ބިންގާ އަޅައިދެއްވީ ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފާއި، ފެނަކައިގެ މެނޭޖިން ޑައިރެކްޓ...

ކެލާ ދާއިރާގެ ކުޅިވަރުގެ ހާލަތާއި، ޒުވާނުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފި
Raajje

ކެލާ ދާއިރާގެ ކުޅިވަރުގެ ހާލަތާއި، ޒުވާނުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފި

ކެލާ ދާއިރާގެ ކުޅިވަރުގެ ހާލަތާއި ގުޅޭކަންކަމާއި، އެ ދާއިރާގެ ޒުވާނުންގެ ކަންބޮޑުވުންތައް ކުޅިވަރާއިބެހޭ ވަޒީރު، އަޙްމަދު މަހްލޫފާއި ހިއްސާ ކޮށްފިއެވެ. މިކަންކަން ހިއްސާ ކުރެއްވީ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ)، ކުޅިވަރާއިބެހޭ ވަޒީރު، އަޙްމަދު މަހްލޫފާއިއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައިއެވެ. އިއްޔެ ޔޫތު މިނިސްޓްރީގައި ކުރިއަށްދިޔަ މި ބައްދަލުވުމާއި ގުޅޭގޮތުން އިބްރޭ “ތިލަދުން”އަށް ވިދާޅުވީ އެ ބައްދަލު ވުމަކީ ކުޅިވަރާއިބެހޭ ވަޒީރު މަހްލޫފްގެ ފަރާތްޕުޅުން އުންމީދީ ޖަވާބ...

ކެލާ ޓޫރިސްޓް ހޮޓާ ތަރައްގީކޮށް ހިންގުމަށް 3 ފަރާތަކުން ކުރިމަތިލައިފި
Thiladhunmathi News

ކެލާ ޓޫރިސްޓް ހޮޓާ ތަރައްގީކޮށް ހިންގުމަށް 3 ފަރާތަކުން ކުރިމަތިލައިފި

ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ޓޫރިޒަމުން ބީލަމަށް ހުޅުވާލި މުއްދަތު ހަމަވިއިރު އެ ހޮޓާ ތަރައްޤީކޮށް ހިންގުމަށް 3 ފަރާތަކުން ކުރިމަތިލައިފިއެވެ. އެކަން ހާމަކުރެއްވީ ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީއިން ޢިއުލާން ކުރީ ހުސްވި ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އެކަމަށް ކުރިމަތި ލުމަށް މުއްދަތު ހަމަވީ،...

ހަނިމާދޫގައި ގާއިމު ކުރި ފެކްޓަރީތައް ފެއިލްވީ އެއާޕޯޓު ތަރައްގީ ނުކުރެވިގެން: އިބްރޭ
Parliament

ހަނިމާދޫގައި ގާއިމު ކުރި ފެކްޓަރީތައް ފެއިލްވީ އެއާޕޯޓު ތަރައްގީ ނުކުރެވިގެން: އިބްރޭ

ރަނގަޅު ޕްލޭނެއް ނެތި މަސައްކަތްތައް ހިންގުމުން ބޮޑެތި އިންވެސްޓްމަންޓްތައް ފެއިލްވާން މެދުވެރިވާނެ ކަމަށާއި، ހދ. ހަނިމާދޫގައި މީގެ އަހަރުތަކެއް ކުރިން ހިންގި ފަހާ ފެކްޓަރީތައް ފެއިލްވެ އެ މަސައްކަތް ހުއްޓުނީ ހަނިމާދޫ އެއާޕޯޓު ތަރައްގީ ނުކުރެވިގެން ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް […]

ކެލާގެ ރައްޔިތުން ހިޖުރަކުރުން ހުއްޓުވޭނީ ރަށުން ލިބެންހުރި އިޤްތިޞޯދީ ފުރުޞަތުތައް އިތުރުކުރެވިގެން: އިބްރޭ
Thiladhunmathi News

ކެލާގެ ރައްޔިތުން ހިޖުރަކުރުން ހުއްޓުވޭނީ ރަށުން ލިބެންހުރި އިޤްތިޞޯދީ ފުރުޞަތުތައް އިތުރުކުރެވިގެން: އިބްރޭ

ހއ. ކެލާއިން ލިބެންހުރި އިޤްތިޞާދީ ފުރުޞަތުތައް އިތުރުކުރެވިގެން ނޫންގޮތަކަށް ކެލާގެ ރައްޔިތުން ހިޖުރަކުރުމެއް ނުހުއްޓުވޭނެ ކަމަށް ކެލާދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅު ވެއްޖެއެވެ. އިބްރޭ ވިދާޅުވީ ކެލާ ތުނޑީގައި ރިސޯޓެއް ނުހެދި ލަސްވާނަމަ ކެލާގެ ޓޫރިމް ތަރައްޤީވުން ލަސްވެގެންދާނެ ކަމަށާއި، ކެލާއިން ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން ލަސްވެގެންދާނެ ކަމަށެވެ. އަދި ކެލާގައި ލިބެންހުރި އިޤްތިޞޯދީ ފުރުޞަތުތައް އިތުރުކުރެވިގެން ނޫންގޮތަކަށް ކެލާގެ ރައްޔިތުން ހިޖުރަކުރުމެއް ނުހުއ...

ތިލަދުންމަތީގައި ދަނޑުވެރިކަމުގެ ސިނާޢަތެއް އުފެދިގެންދާނެ ފުރުޞަތު އެބައޮތް، މަސައްކަތް ފަށަންޖެހޭ: އިބްރޭ
Thiladhunmathi News

ތިލަދުންމަތީގައި ދަނޑުވެރިކަމުގެ ސިނާޢަތެއް އުފެދިގެންދާނެ ފުރުޞަތު އެބައޮތް، މަސައްކަތް ފަށަންޖެހޭ: އިބްރޭ

ތިލަދުންމަތީގައި ދަނޑުވެރިކަމުގެ ސިނާޢަތެއް އުފެދިގެންދާނެ ފުރުޞަތު އޮތީ ތަނަވަސްވެފައި ކަމަށާއި، އެ ސަރަޙައްދުގައި އެފަދަ މަސައްކަތެއް ފެށިއްޖެނަމަ، އެ ސަރަޙައްދުގެ އިޤުތިޞާދު ރަނގަޅުވެ، އެ ސަރަޙައްދުގެ މީހުންނަށް ވަޒީފާ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅު ވެއްޖެ އެވެ. މެންބަރު އިބްރޭ މިހެން ވިދާޅުވީ އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ […]

ކެލާ ތުނޑިއަކީ ސަރުކާރުތަކުން ކުޅެން ގެންގުޅޭ ބޯޅައަކަށް ނަހަށްދަވާ: އިބްރޭ
Thiladhunmathi News

ކެލާ ތުނޑިއަކީ ސަރުކާރުތަކުން ކުޅެން ގެންގުޅޭ ބޯޅައަކަށް ނަހަށްދަވާ: އިބްރޭ

ހއ. ކެލާ ތުނޑިއަކީ ސަރުކާރުތަކުން ކުޅެން ގެންގުޅުއްވާ ބޯޅައަކަށް ނަހަށްދަވާ، ފަތުރުވެރިކަމަށް ތަރައްޤީ ކުރުމަށް ކެލާ ތުނޑި ހުޅުވާލަ ދިނުމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ގޮވައި ލަށްވައިފިއެވެ. މެންބަރު އިބްރޭ މިހެން ވިދާޅުވީ ވޭތުވި ކުރީގެ ދެ ސަރުކާރަކުން ވެސް ފަތުރުވެރިކަމަށް ތަރައްޤީ ކުރުމަށް ހއ. ކެލާ ތުނޑި ހުޅުވާލާނެ ކަމަށް ޢިއުލާން ކުރި، ޢިއުލާން ކުރުމަށް އިޝާރާތް ކުރަށްވައެވެ. ރައީސް މައުމޫންގެ ވެރިކަމުގައި މިހާރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް، އެ […]

ތިލަދުންމަތީގެ ފަތުރުވެރިކަމުގެ މުހިންމު ބައިވެރިއަކަށް ކެލާ ހެދުމަށް މަސައްކަތް ކުރަނީ
Thiladhunmathi News

ތިލަދުންމަތީގެ ފަތުރުވެރިކަމުގެ މުހިންމު ބައިވެރިއަކަށް ކެލާ ހެދުމަށް މަސައްކަތް ކުރަނީ

ތިލަދުންމަތީގައި ފަތުރުވެރިކަން ކުރިއަރުވައި، ފުޅާ ކުރުމުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ހއ. ކެލާ ހެދުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ކެލާ ދާއިރާގެ މަޖިލިސް މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެ އެވެ. މެންބަރު އިބްރޭ ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީވެގެން އަންނައިރު، އެ ސަރަޙައްދުގައި ފަތުރުވެރިކަމަށް 8000 އެނދު ތަރައްޤީ ކުރުމަކީ ސަރުކާރުން އަމާޒު ހިފާފައިވާ ކަމަކަށްވީއިރު، އެ މަސައްކަތުގެ ތެރެއިން ކެލާގައި މަދުވެގެން 500 އެނދު ތަރައްޤީ ވެގެން...