ހއ. ކެލާ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރަމެއް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން މި މަސައްކަތް ހަވާލުކުރީ، ރަފް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.

Ad
rt

ރަފް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މިި މަސައްކަތް ހަވާލުކުރުމަށް ބުރާސްފަތި ދުވަހު ޔޫތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަޚްލޫފާއި، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ބައިވެރިވެ ވަޑައިގަތެވެ.

މި މަސައްކަތުގެ އަގަކީ 3.8 މިލިއަން ރުފިޔާއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ މަސައްކަތާއި ހަވާލު ފަރާތުގެ އަމިއްލަ ތަކެތީގައި ކުރާގޮތަށެވެ.

ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ޤާއިމް ކޮށްދޭނެ ފަރާތެއް ހޯދަން ޔޫތު މިނިސްޓްރީން ޢިއުލާން ކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ގާއިމުކުރަން ހަވާލުކޮށްފައިވާއިރު، ކެލާއަކީ ހުނަރުވެރި ފުޓްބޯޅަކުޅޭ ޒުވާނުންތަކެއް ތިބި ރަށެކެވެ.